އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމުގެ ރޭންކް:

ޖީ.އެސް.2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

 އެޑްމިން އެންޑް ފައިނޭންސް / ބަޖެޓް ޔުނިޓު

ފެންވަރު ނުވަތަ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން،  ނުވަތަ،
  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމާ ގުޅޭ މަސައްކަތުގެ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުގައި އެކައުންޓްސްއާއެކު މުޅިއެކު ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުން ކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުން.
  2. އޮފީހުން ބޭނުންކުރާ ކަރަންޓާއި ފެނާއި ފޯނާއި އިންޓަރނެޓް ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދެއްކުން.
  3. ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާ ގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓްތައް ފައިލުކޮށް ބެލެހެއްޓުމާއި ވައުޗަރ ރަޖިސްޓަރީ، އަޕްޑޭޓް ކުރުން.
  4. މަހަކު އެއްފަހަރު ބަޖެޓް ރިޕޯޓު ހެދުން.
  5. ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  6. އޮފީހުގެ ބަޖެޓާއި ފައިސާއާ ބެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  7. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.
  8. އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

- އަސާސީ މުސާރަ: (މަހަކު) 7،000.00 ރުފިޔާ.

- ސަރވިސް އެލަވަންސް:    (މަހަކު): 3،000.00 ރުފިޔާ

- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ދައުލަތުގެ އިދާރާއެއްގައި ފައިސާއާއި ބަޖެޓާ ބެހޭ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

- ކޮމްޕިޔުޓިންގއަށް އަހުލުވެރިވެފައިވާ މިންވަރު

- މާލިއްޔަތު ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

07 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ އޮފީހުގެ އީމެއިލް [email protected] އަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

 

 ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

31 ޖަނަވަރީ 2023
ހޯދާ