ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާސާރީ މިސްކިތު ގޯތީގައިވާ ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

   މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް، ރަޖިސްޓަރީކުރައްވަވާ،މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތްކުރުމަށް ބީލަން ހުށައެޅޭނީ، ޤާނޫނު ނަމްބަރ 2014/18 (ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާއިބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓަރީ ކޮށްފައިވާ އަމިލްލަ ވިޔަފާރި ތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، "ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، މި ކައުނސިލްގެ އިދާރާގެ އީމެއިލް:[email protected] އަށް މެއިލްކޮށްގެން ނުވަތަ ކައުންސިލްގެ އިދާރާއަށް ހުށައަޅައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވާނަމަ، ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރު ކުރެއްވުމަކީ، އެ ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.   

ބީލަން ރަޖިސްޓްރީ ކުރުން

  • މިބީލަމަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށް ފަހު މިކައުންސިލަށް ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރާނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުންމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީ 2023 (އާދީއްތަ) ދުވަހުން ފެށިގެން 12 ފެބްރުއަރީ 2023 (އާދިއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:00 އަށް އިސްދޫ ކައުންސިލްގެ އިދާރާއަށެވެ.

މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.

ޕްރީ- ބިޑް މީޓިންގ

  • މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

ބީލަން ބަލައިގަތުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ  12 ފެބްރުއަރީ 2023 (އާދީއްތަ) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއިއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ، ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް، އިޢުލާނު ނަންބަރާއި،މަސައްކަތުގެ ނަން:

"އާސާރީ މިސްކިތު ގޯތީގައިވާ ޤަބުރުސްތާނު ސާފުކުރުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަންތައް ހުޅުވުން

  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ފެބުރުއަރީ 2023 (އާދީއްތަ) ދުވަހުގެ 13:35 ގައި ލ. އިސްދޫ ކައުންސިލްގެ އިދާރާގެ ހޯލްގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 

 

ބީލަން ހުށައެޅުމަށާއި، ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މި އިދާރާގެ ނަމްބަރ:6800920 އަށް ނުވަތަ 6800709 ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މި ކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޖަނަވަރީ 2023
ހޯދާ