އިސްދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

 އިސްދޫ ސްކޫލުގެ މިދަންނަވާ ތަންތަން މަރާމާތުކުރުމަށް ބޭނުންވެއްޖެ

  • ފާޚާނާ މަރާމާތުކުރުން
  • ދޮރުފަތްތަކުގެ ތަންޑު އަދި ތަޅު މަރާމާތުކުރުން
  • ކަރަންޓް ވިއުގަ މަރާމާތުކުރުން
  • އިމާރާތުގެ ކޮޅުބިތުގެ ސީލިންގު މަރާމާތުކުރުން

މަތީގައި ދެންނެވިފައިވާ މަރާމާތުތައް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަރާމާތުތަކަށް ވަކިންވެސް އަންދާސީހިސާބު ހުށަހެޅިދާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

22 ޞަފަރު 1436

14 ޑިސެންބަރު 2014
ހޯދާ