ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ އެސިސްޓެންޓް ޕްރޮކިއުމަންޓް އެސޯސިއޭޓްގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ: IL-KPL/2023/003

ތާރީޚް: 29 ޖަނަވަރީ 2023

މަޤާމް

އެސިސްޓެންޓް ޕްރޮކިއުމެންޓް އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/5000 ރ

އެހެނިހެން ޢިނާޔަތްތަށް:

- -/3500ރ އާއި -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 02 ގެ ސަނަދެއް ޙާޟިލުކޮއްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ އުޅެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- އޭލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ޕްރޮކިއުމެންޓް ޕޮލިސީއާއި އެއްގޮތް ވާގޮތުގެ މަތީން ކުންފުންޏަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތަށް ހޯދުމާއި އަދި ޕޮލިސީގެ ދަށުން ކުރަޏްޖެހޭ އެންމެހާ ކަންތައްތައްކުރުން.
  2. ސަޕްލައިރުންނަށް ފައިސާ ދެއްކުމަށް ބޭނުންވާ ލިޔެކިއުންތަށް ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން.
  3. ވެންޑާރސް ރަޖިސްޓްރީ މެނޭޖްކޮށް ބެލެހެއްޓުމާއި ސަޕްލަޔާ ރިލޭޝަންޝިޕް އަދި ޕާފޯމޭންސް މެނޭޖް ކުރުން.
  4. ޑިޕާޓްމެންޓްގެ އެސެޓްސް ރެޖިސްޓަރގައި ހިމެނިފައިވާ ތަކެތި ކުންފުނީގެ ހެދިފައިވާ ޕޮލިސީތަކާއި އެއްގޮތަށް ބެލެހެއްޓުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

12 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 19 ފެބްރުއަރީ 2023 އާއި 23 ފެބްރުއަރީ 2023 އާއި ދެމެދު، ކުޅުދުއްފުށީ ޕޯޓްގައި އެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528149 ، 6528558

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނަމަ : [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

29 ޖަނަވަރީ 2023
ހޯދާ