ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން މީޓަރ ހަރުކުރުމަށް ފާރު ރޭނުމާއި ގުޅޭ

މިރަށުގައި ޤާއިމުކުރަމުންދާ ފެނުގެ ނިޒާމުގެ ފެން މީޓަރ ކޮންމެ ގެއެއްގައިވެސް ހަރުކުރުމަށް ބޭނުންވެއެވެ. އަދި މިމީޓަރ ހަރުކުރެވެނީ ގޯތީގެ ވަށާފާރު ރާނައި އެތެރެފަރާތުގައި ސިމެންތި ޖަހާފައި ހުރި ގެތަކުގައެވެ. މިހެންކަމުން، ގޯތީގެ ވަށާފާރު ރާނައި ސިމެންތި ޖަހާފައި ނުވާ ގެތަކުން، ފެން މީޓަރ ހަރުކުރުމަށްޓަކައި ފާހަގަކޮށްފައިވާ ދިމާގައި، ތިރީގައިވާ ފޮޓޯއާއި އެއްގޮތަށް އުސްމިނުގައި 3 ފޫޓް އަދި ފުޅާ މިނުގައި 1 ފޫޓް ހުންނަ ވަރުގެ ފާރުބުރިއެއް ރާނައި ސިމެންތި ޖެހުން އެދި ދަންނަވަމެވެ.

          ވީމާ، މިމަސައްކަތް 07 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ނިންމެވުމަށް އެންމެހައި ގޭބިސީތަކުގެ ވެރިފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

23 ޖަނަވަރީ 2023
ހޯދާ