މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

މަޤާމުގެ ނަންބަރު:

ބޭނުންވާ އަދަދު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

J-242063

01

 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަދްރަސަތުލް އިފްތިތާޙް / ޅ.ނައިފަރު

މުސާރަ:

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

700.00

ސްޕެޝަލް ޑިއުޓީ އެލަވަންސް

1,562.75ރުފިޔާ ( މުސާރައިގެ %35 )

އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކޮންމެ ދިރާސީ އަހަރެއްގައި ސްކޫލަށް އަލަށް ވައްދަންޖެހޭ ދަރިވަރުންގެ ޕްރޮޖެކްޝަން ނަގާ ސްކޫލަށް ވަންނަންޖެހޭ އުމުރުފުރާއިގެ ކުދިން ސްކޫލަށް ވެދޭތޯ ކަށަވަރުކުރުން.ހުރިހާ ގްރޭޑެއްގެ ފީ.އީ ސްކީމްތައް ޗެކުކުރުން.

2- މަދްރަސާގެ ކްލާސް ތަކުގައި ޖާގަ އޮތް މިންވަރު ބަލައި އެމައުލޫމާތު ބެލެހެއްޓުމާއި ބެލެނިވެރިން ދަރިވަރު ސްކޫލަށް ވެއްދުމަށް ޖާގައަށް އެދުމުން ޖާގަ އޮތްކަމުގެ ލިޔުން ދޫކުރުން.

3- ސްކޫލަށް ވަންނަންޖެހޭ އުމުރުފުރާއިގެ ކުދިން ސްކޫލަށް ނުވައްދާނަމަ އެދަރިވަރުންގެ މައުލޫމާތު ހޯދާ އެދަރިވަރުން އެހެން ސްކޫލެއްގައި ރަޖިސްޓްރީ ކުރޭތޯ ބެލުން. އަދި މި މައުލޫމާތު ފައިލްކޮށް ރައްކާކުރުން

4- ދަރިވަރުން ސްކޫލަށް ވަނުމަށް އެދޭ ފޯމް ހުށަހެޅުމުން ދަރިވަރު މަދްރަސާގައި ރަޖިސްޓްރީކުރުމާއި ލީޑިން ޓީޗަރގެ މަޝްވަރާއާއި އެކު ކުލާސް ހަމަޖައްސައި އިންޑެކްސް އަދި ހައުސް އެއްގައި ރަޖިސްޓްރީކޮށް ބެލެނިވެރިޔާއަށް އެންގުން.

5- ސްކޫލަށް ވަންނަންއެދޭ ކުދިން ސްކޫލަށް ވެއްދުމާއި، ސްކޫލުން ވަކިކުރަންޖެހޭ ކުދިން ސްކޫލުން ވަކިކުރުމުގެ ކަންތައް، ސެކްޝަން ހެޑްގެ އިރުޝާދާއެކު، ކުރެއްވުން. މީގެތެރޭގާ މީމިސްއަށް ދަރިވަރު ލުމާ ދަރިވަރަށް ލިބެންވާ ލޮގިން ލިބޭނެގޮތް ހެދުން.

6- އަލަށް ވަންނަ ދަރިވަރުންނާއި ވަކިވާ ދަރިވަރުންގެ މައުލޫމާތު ގްރޭޑް ލީޑިންގ ޓީޗަރ އަދި ކްލާސްޓީޗަރަށް އެންގުން.

7- ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން. (ގެންނަންޖެހޭ އުނި އިތުރު، ސެކްޝަން ހެޑްގެ މަޝްވަރާގެމަތީން ގެނައުން) މިގޮތުން އެހެން ސްކޫލުތަކުގައި ރަޖިސްޓްރީ ވެފައިވާ ދަރިވަރުން ފާހަގަ ކޮށް ގެންނަންޖެހޭ އުނި އިތުރު ގެނައުން.

8- ސްކޫލްގެ އެންރޯލްމެންޓް ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

9- މީމިސްގައި ކޮންމެ ކުއްޖަކަށް ޕްރޮފައިލެއް ހަދާ ދަރިވަރާ ގުޅުންހުރި ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަ ކުރުން.

10- ދަރިވަރުންގެ ހާޒިރީ ދުވަހުން ދުވަހަށް ބަލާ މީމިސް ތެރެއިން އަޕްޑޭޓްކޮށް ބެލެހެއްޓުން.

11- ސްކޫލަށް އެންގުމަކާނުލާ ހާޒިރުނުވާ ދަރިވަރުންނަށް ދުވަހުން ދުވަހަށްގުޅާ ސާފްކޮށް މީމިސްއަށް އަޕްޑޭޓް ކުރުން.

12- ކޮންމެ މަހެއްގެ ފުރަތަމަ ހަފްތާތެރޭގައި ސްކޫލަށް ހާޒިރު ނުވާދަރިވަރުން ފާހަގަކޮށް އެކަޑަމިކް ސެކްޝަން އަށް އެންގުން.

13- ދަރިވަރުންނާއި ގުޅޭ ލިޔެކިއުންތައް ދުވަހުންދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

14- ދަރިވަރުންނާ ގުޅުންހުރި ބިލްބޯޑުތަކާ ބެނާތައް ތައްޔާރުކުރުން.

15- މިނިސްޓްރީ އަށް ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ސިޓީ ނޯޓް ފޮނުވުން.

16- ދަރިވަރުންނާ ގުޅުންހުރި އެކިއެކި ލިޔުންތައް ލިޔެ ލީޑިން ޓީޗަރުންގެ އިރުޝާދާއެކު ޑިސްޕެޗް ކުރުން.

17- އެކަޑަމިކް ސެކަޝަނުން އަންގަންޖެހޭ އެންގުންތައް ލިޔެ ތައްޔާރުކުރުމާއި، ދަރިވަރުންނާ ގުޅުންހުރި ބައްދަލުވުންތައް އިންތިޒާމުކުރުން.

18- އެކަޑަމިކް ސެކްޝަނުން ބާއްވާ ވާރކޮޝޮޕް ބެލެނިވެރިންގެ ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އެހީތެރިވެދިނުން.

19- އިތުރު ޙަރަކާތްތަކާއި ގުޅިގެން، ކުރަންޖެހޭ އިދާރީ ލިޔެކިޔުމުގެ މަސައްކަތް ކުރުން.

20- ސްކޫލްގައި ރާވާ ހިންގާ ޙަރަކާތްތައް، 1 ހަފްތާކުރިއަށް ނޯޓިސްބޯޑަށް ނެރުން.

21- ސްކައުޓާ ގާރލްގައިޑް ޙަރަކާތް، ކްލަބް އަދި ހައުސް ޙަރަކާތް ހިންގުމަށް ޙަވާލުކުރައްވައިފިނަމަ، އެކަމުގައި ފުރިހަމައަށް ޒިންމާވެ، ބަރާބަރަށް އެޙަރަކާތެއް ކުރިއަށް ގެންދިއުން.

22- ވަގުތީގޮތުން ޙަވާލުކުރެވޭ އެހެންމުވައްޒަފެއްގެ މަސައްކަތް (ބަދަލު އިންތިޒާމުގެ ދަށުން) ކުރުން.

23- މަތީގައި ބަޔާން ކުރެވުނު މަސައްކަތް ކުރުމުގައި ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖާސްތަކާ އެއްގޮތަށް އަމަލު ކުރުން.

24- މަދްރަސާއަށް ލިބޭ ސިޓީ، މެސްޖު، ފޯމް ފަދަ ތަކެތި ކައުންޓަރުން ބަލައިގަނެ ގަވަމެންޓް އީލެޓާ މެނޭޖްމެންޓް ސިސްޓަމްގައި ރަޖިސްޓްރީކޮށް ޕްރިންސިޕަލްއާއި ހަވާލުކުރުން.

25- ސްކޫލްގެ އެޑްމިން މެއިލްއަށް އަންނަ މެއިލްތައް ދުވަހުންދުވަހަށް ބަލައި އެޑްމިނިސްޓްރޭޓަރ، ޕްރިންސިޕަލް އަދި ގުޅުންހުރި ފަރާތްތަކަށް ފޯވާޑްކުރުން.

26- ސްކޫލުގެ ވެރިން ހަވާލުކުރާ ސިޓީ، މެސެޖް ދުވަހުންދުވަހަށް ތައްޔާރުކުރުމާއި ފޮނުވުން.

27- ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

28- ސުކޫލުގެ އިދާރީ މަސައްކަތުގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1 . 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިތިހާންގައި 'ދިވެހި މިމާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.  

ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނޯޓް: މަތީގައިވާ ދެވަނަ ޝަރުތުން މަޤާމަށް ޝަރުތު ހަމަކުރުމުގައި ، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ލޭންގުއޭޖް' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާނަމަ، އެސަނަދުން ޖީ.އެސް 3ގެ ޝަރުތުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާކަމުގައި (އެސަނަދު މަޤާމަށް ޝަރުތު ހަމަވާކަމުގައި) ބަލަންވާނެއެވެ.

މަޤާމްގެ ތަޢުލީމީ ރޮނގުތައް:

ނެތް   

 ގުޅޭ ވަޒީފާގެ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  9. (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  11. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  12. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  13. (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިބައިތައް ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021 (ދެވަނަ އިސްލާހު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާ ބައިތައް ހިމަނައިގެންނެވެ.

-          އަސާސީ ޝަރުތު ހަމަވުން                                   30  

-          އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް      5

-          އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ      5

-          އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)         25

-          އިންޓަރވިއު                                                     35

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖަނަވަރީ 2023ވާ އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން، މަދްރަސަތުލް އިފްތިތާޙަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް  މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ  ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  1 ފެބްރުވަރީ 2023 އާއި 09 ފެބްރުވަރީ 2023  އާ ދެމެދު، މަދްރަސަތުލް އިފްތިތާޙްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620292 އަށެވެ. އީ-މެއިލް ކުރާނީ admin@ ifthithaah.edu.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

23 ޖަނަވަރީ 2023
ހޯދާ