މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ޓެކްނިކަލް ސަޕޯރޓް އިމާރާތުގެ ފުރާލު ޓިނުބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

ޓެކްނިކަލް ސަޕޯރޓް އިމާރާތުގެ ފުރާލު ޓިނުބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

          މިސަރވިސްގެ ޓެކްނިކަލް ސަޕޯޓް އިމާރާތުގެ ފުރާޅު ޓިނުބަދަލުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 29  ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ލިޔުންތައް ފޮނުވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށް 2023 ޖަނަވަރީ 31 ވަނަދުވަހު އޮފީސް ބަންދުވުމުގެ ކުރިން. ބީލަން ހުށަހެޅުން އަދި ހުޅުވަން ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

       މި އިޢުލާނާގުޅޭ މަޢުލޫމާތު  ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

         އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

23 ޖަނަވަރީ 2023
ހޯދާ