މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައު ކާރގޯ ޓާރމިނަލްގެ "ފިޓްއައުޓް" މަސައްކަތްތަކެއް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އައު ކާރގޯ ޓާރމިނަލްގެ "ފިޓްއައުޓް" މަސައްކަތްތަކެއް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

        މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ "އައު ކާރގޯ ޓާރމިނަލް"އަށް ބޭނުންވާ "ފިޓްއައުޓް" މަސައްކަތްތަކެއް މި ކުންފުނިންދޭ އިރުޝާދުތަކާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ގްލާސް ޕެނަލް ހަރުކުރުން، ފާރު ތަޅާލުން، ކޭޝިޔަރ ވިންޑޯ އަދި ކައުންޓަރ ޓޮޕް ހަރުކުރުން، ފެބްރިކޭޓް ކުރުން، ޕާޓިޝަންޖެހުން، ފިކްސްޗަރ ހެދުމާއި ހަރުކުރުން، ރޯލާ ޝަޓަރ ހަރުކުރުން، ޑްރައިވޯލް ފިކްސްކުރުން، ކޭބަލް އާއި ސޮކެޓްއެޅުން، ލައިޓްހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

        މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ފެބުރުވަރީ 2 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

        މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aeroއަށެވެ.

19 ޖަނަވަރީ 2023
ހޯދާ