އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މުވައްޒަފުން ބޭނުންވާ މަޤާމްތައް 

މަޤާމު:                 މަސައްކަތު

ކްލެސިފިކޭޝަން:           ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:                އެސް.އެސް. 1

މަސައްކަތް ހަމަޖެހިފައިވާ ތަން:   އަމީނިއްޔާ ސްކޫލް  

ބޭނުންވާ ޢަދަދު:            04 05

މުސާރަ:               -/3100 ރ.

ސަރވިސް އެލަވަންސް:       -/1000 ރ.

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން

- ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ވަގުތުން ގެންގޮސް ޙަވާލުކުރަން ޖެހޭ ފަރާތާ ހަވާލުކުރުން

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރުމަށް އެހީތެރިވުން. 

- ސްކޫލުން ހަމަޖައްސާ ޑިއުޓީ ތަކަށް ނުކުމެ އެ ޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން

- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:      

- ވަޒީފާއަށް އެދޭ ފޯމު

- އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ

- މުއްދަތު ހަމަނުވާއައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

- ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް

ސުންގަޑި: މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  15 ޑިސެންބަރު  2014 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު އަމީނިއްޔާ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:    ފޯނު:  3008736   ފެކްސް:   3313726

- ވަޒީފާއަށް އެދޭ ފޯމު އަމީނިއްޔާ ސްކޫލުން ލިބެން ހުންނާނެއެވެ.

ނޯޓު: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އަމީނިއްޔާ ސްކޫލްގައެވެ.

11 ޞަފަރު 1435

 

04 ޑިސެންބަރު 2014
ހޯދާ