ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިޑްރޯ ގްރާފިކް ސަރވޭއާއި ގުޅޭ

2023 ޖަނަވަރީ 19 އިން 2023 ފެބުރުއަރީ 28 ގެ ނިޔަލަށް މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއާއި އިންޑިއާ ނޭވީ ގުޅިގެން މި އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖޮއިންޓް ހައިޑްރޯގްރަފިކް ސަރވޭ ކުރިއަށް ގެންދިއުމަށް ޓަކާއި އިންޑިއާ ނޭވީގެ މަނަވަރު " އައި.އެން.އެސް އިންވެސްޓިގޭޓަރ " މި ދެންނެވުނު ސަރަހައްދު ގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޑިފެންސުން އަންގަވާފައި ވެއެވެ.

މިސަރވޭގެ މަޢުލޫމާތު އެއްކުރުމުގައި މިރަށުގައި ސަރވޭޓީމްތައް ޙަރަކާތްތެރިވާނެ ކަމަށްވެސް އަންގަވާފައި ވެއެވެ. އަދި ކުދިއުޅަނދުފަހަރާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ގިރިފަރުތަކުގެ މަޢުލޫމާތު އެއްކުރުމާއި ރަށްތަކުގެ ކޯސްޓްލައިން ކުރެހުމާއި ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗް މާރކް ޓައިޑްޕޯލް ހަރުކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ އަދި މިސަރވޭގެ މުއްދަތުގެ ތެރޭގައި ޖިއޮޓިކް ރިފަރެންސް ސްޓޭޝަންތަކާއި ބެންޗްމަރކް އާއި ޓައިޑްޕޯލް ހަރުކުރެވޭ ސަރަހައްދުތަކުގެ ސްޓޭޝަންތައް މޮނިޓަރ ކުރުމަށްޓަކައި ސަރވޭޓީމްތައް 24 ގަޑިއިރު ޑިއުޓީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ                           

27 ޖުމާދަލްއާޚިރާ 1444         

           19  ޖެނުއަރީ  2023  

19 ޖަނަވަރީ 2023
ހޯދާ