ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފިހާރައެއްގެ ސިވިލް ވަރކްސް މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުން

ޔުނިވިޔަ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

 

Reference number: (UVH)IUL/2023/01

 

ފިހާރައެއްގެ ސިވިލް ވަރކްސް މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުން 

މި ކުންފުނިން ފޯރުކޮށްދޭ ކުރެހުމާއި ޑިޒައިނާއި އެއްގޮތަށް ފިހާރައެއްގެ ސިވިލް ވަރކްސް އަދި އެއާއި ގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއްގެ ޝައުޤުވެރިކަން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ގޫގުލް ލިންކް:

https://forms.gle/njhwt5BJGizVFVTC9

ބިޑް ކާމިޔާބު ކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މައިގަނޑު ކަންކަމުގެ ތެރޭގައި ބިޑް ހުށަހަޅާ ފަރާތުގެ މެނޭޖްމަންޓް ކެޕޭސިޓީއާއި ފަންނީ ތަޖުރިބާއާއި މަސައްކަތުގެ އަގާއި މަސައްކަތް ނިންމާނެ މުއްދަތު ހިމެނޭނެއެވެ.

ޝައުޤުވެރިކަން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް މި ޕްރޮޖެކްޓާ ގުޅޭ ތަފްސީލް މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އިންފޮމޭޝަން ސެޝަން އޮންނާނީ 29 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުއެވެ. މިދެންނެވި އިންފޮމޭޝަން ސެޝަން ބާއްވާނެ ތަނާއި ގަޑީގެ މަޢުލޫމާތު ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ފަހުން ފޮނުވާނެ ވާހަކަ ދަންނަވަމެވެ. އިންފޮމޭޝަން ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ އީމެއިލް ([email protected]) އަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ލިއުމުން ފޮނުއްވައި ދެއްވުން އެދެމެވެ.

 

18 ޖަނަވަރީ 2023

18 ޖަނަވަރީ 2023
ހޯދާ