ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެންޔުނިޓްގެ ކްލާސްތަކަށް 2015 ވަނަ އަހަރަށް ކުދިންވެއްދުމަށްޓަކައި ފުރުސަތު ހުޅުވާލުން.

މިސްކޫލްގައި ހިންގަމުންދާ ސެންޔުނިޓްގެ ކްލާސްތަކަށް 2015 ވަނަ އަހަރަށް ކުދިންވެއްދުމަށްޓަކައި ފުރުސަތު ހުޅުވާލަމެވެ. މިގޮތުން މިކްލާސްތަކަށް ވެއްދޭނެ އުމުރުފުރާއާއި ކޮންމެ ކްލާހެއްގައި ހުރި ޖާގައިގެ ތަފްސީލު ތިރީގައި މިވަނީއެވެ.  

#

ކްލާސް

އުމުރުފުރާ

ހުސްވެފައިވާޖާގައިގެ ޢަދަދު

ތަފްސީލު

1

އާރލީ އިންޓަވެންޝަން

4 އަހަރާއި 6 އަހަރާ ދެމެދު

7

އޯޓިޒަމް ނުވަތަ ޑައުން ސިންޑްރޯމް އަށް ޑައިގްނޯސްކުރެވި ފައިވާ ދަރިވަރުން.

2

ސްޓެޕް - 3

13 އަހަރާއި 15 އަހަރާ ދެމެދު

2

އޯޓިޒަމަށް ޑައިގްނޯސް ކުރެވިފައިވާ ދަރިވަރުން.

3

ސެން - 3

13 އަހަރާއި 15 އަހަރާ ދެމެދު

2

 

4

ސެން - 4

16 އަހަރާއި 18 އަހަރާ ދެމެދު

2

 

  ހުށަހަޅަންޖެހޭތަކެތި:

  • ދަރިވަރު ޑައިގްނޯސްކުރެވިފައިވާ ކަމުގެ ސައިކޮލޮޖިސްޓެއްގެ ރަސްމީލިޔުން.
  • ދަރިވަރުގެ މެޑިކަލް ރިކޯޑުތަކުގެ ކޯޕީ
  • އުފަންދުވަހުގެ ސެޓުފިކެޓު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީ.
  • ގްރޯތު ކާޑު / ވެކްސިންކާޑުގެ ކޮޕީ.
  • ނޯޓް: ސިޓީ ހުށަހަޅާ ދަރިވަރުން ވެއިޓްލިސްޓް ކުރެވި ސްކޫލުގެ ކިޔެވުން ފެށުމުން ކްލާސްރޫމް އޮބްޒަވޭޝަނަށްގެނެވޭނެއެވެ. ޖާގަ ހަމަޖެހޭނެކަން ޔަގީން ވާނީ މި އޮބްޒަވޭޝަނަށް ފަހުގައެވެ.

  ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ބެލެނިވެރިން 9 ޑިސެންބަރު 2014  ވާ އަންގާރަ ދުވަހުގެ ހެނދުނު 9.00ން ފެށިގެން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ސްކޫލް އޮފީހަށް 16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މިސުކޫލުގެ ފޯނު ނަންބަރު: 3315759 އަށް ގުޅުއްވުން އެދެމެވެ. 

04 ޑިސެންބަރު 2014
ހޯދާ