ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު ގައި ފުޓްބޯޅަ އެކަޑެމީ ހިންގުމާއި ގުޅޭ

ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަޤުޞަދުގައި، މި ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑެމީ ހިންގުމަށް އެއްމެ ފުރަތަމަ ފަށާ ރަށްތަކުގެ ތެރޭގައި ހއ. ބާރަށް ވެސް ވަނީ ހިމެނިފައެވެ. މި ރަށުގައި ފުޓްބޯޅަ އެކަޑެމީ ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަދި މިއެޑެމީގައި ބައިވެރިވެވޭނެ އުމުރު ފުރާއަކީ (7 އަހަރުން ދަށް) (9 އަހަރުންދަށް) (12 އަހަރުންދަށް) (14 އަހަރުންދަށް) (16 އަހަރުންދަށް) އެވެ. އަދި އެކަޑެމީ އަށް ކުދިންވަންނަ ނިސްބަތަށް ބަލާ، 100 ކުދިންނަށްވުރެ އިތުރުވާ ރަށްރަށުގައި، ދާއިމީ ގޮތެއްގައި ތަމްރީން ދިނުމަށް، ވަރަށް ރަނގަޅު ފެންވަރެއްގެ ރާއްޖެއިން ބޭރުގެ ކޯޗެއް ހަމަޖެއްސުމަކީ ވެސް ނިއްމާފައިވާ ގޮތެކެވެ. މީގެ އިތުރުން، އެކަޑެމީ ހިންގުމަށް ފެށުމުގެކުރިން، މިރަށުން 5 ފަރާތަކަށް، "ޑީ" ލައިސަންސް ކޯޗިންގެ ސެޓްފިކެޓް ތަމްރީން ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ކޯސް ފުރިހަމަ ކުރާފަރާތް ތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ އެންމެ ރަނގަޅު 2 ކޯޗުންނާއި އެކު އެގުރިމެންޓްކުރެވި، ކުލަބްގެ އެކަޑެމީ ކޯޗުންގެ ގޮތުގައި ހަމަޖެއްސޭނެއެވެ. މީގެ އިތުރުން އެކަޑެމީ ހިންގަން ފެށުމުގެ ކުރިއަށް، އެކަޑެމީ އަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްސް (ސާމާނު) އެކަޑެމީގެ ފަރާތުން ފޯރުކޮއްދޭނެއެވެ. " ނިއުރޭޑިއަންޓް އެކަޑެމީ" ގައި ބައިވެރިވާ ކުދިންއަތުން ނެގުމަށް ހަމަޖެހިފައިވާ ފީއަކީ މަހަކު-/300ރ (ތިންސަތޭކަ ރުފިޔާ) އެވެ. އަދި، އެޕްލިކޭޝަން ފޯމާއެކު އަލަށް ވަންނަ ކުއްޖެއްގެ އަތުން، އެކަޑެމީ ކިޓް ފީގެ ގޮތުގައި، ނަގާނެ އަދަދަކީ-/300ރ (ތިންސަތޭކަ ރުފިޔާ) އެވެ.

 

               ވީމާ، 16 ޖަނަވަރީ 2023 އިން ފެށިގެން 31 ޖަނަވަރީ 2023 ގެ ނިޔަލަށް އެކަޑެމީއަށް ވަނުމުގެ ފުރުޝަތު ހުޅުވާލަމެވެ. އަދި ރަޖިސްޓްރީވާން އެދޭ އެޕްލިކޭޝަންފޯމް ހއ.ބާރަށު ކައުންސިލް އިދާރާއިން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެއެވެ. އަދި "ނިއުރޭޑިއަންޓް އެކަޑެމީ" އާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3327956 ނިއުރޭޑިއަންޓް އެކަޑެމީގެ ނަންބަރާ އެވެ.

 

              

          ވީމާ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

               24    ޖުމާދަލްއާޚިރާ   1444

               16     ޖަނަވަރީ     2023                 

       

16 ޖަނަވަރީ 2023
ހޯދާ