މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ދާރުލް އާސާރު އިމާރާތުގެ ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކޮށް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި މިނިސްޓރީގެ ދާރުލް އާސާރު އިމާރާތުގެ ސެކިއުރިޓީ ކެމެރާ މިނިސްޓްރިއިން ދޭ މައުލޫމާތާއި އެއްގޮތަށް އިންސްޓޯލުކޮށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި

ނަންބަރ IUL)473-AP/473/2022/69)ޢިއުލާންގައިވާ މަސައްކަތުގެ ހުރިހާ މަރުހަލާއެއް 2022 ވަނަ އަހަރު ކޮށް ނިންމާނުލެވޭނެތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި މައުލޫމާތު ސާފުކުރުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

19 ޖަނަވަރީ 2023

(ބުރާސްފަތި)

13:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

ބީލަން ހުށައެޅުން

26 ޖަނަވަރީ 2023

(ބުރާސްފަތި)

11:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3036905 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2023
ހޯދާ