ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ކޭސް އެނަލިސްޓް (ސީނިއަރ މެނޭޖަރ)

މި ޓްރައިބިއުނަލްގެ ކޭސް އެނަލިސްޓް (ސީނިއަރ މެނޭޖަރ)ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)223/1/2023/2 އިޢުލާނަށް އެކަށީގެންވާ މިންވަރަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމް:

ކޭސް އެނަލިސްޓް (ސީނިއަރ މެނޭޖަރ)

މަޤާމް ނަންބަރު:

TAT-107

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ މެނޭޖަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ:  -/12,000ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/4,800 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް:  -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަނުގެ އެންމެހައި ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
  2. އިވެލުއޭޝަން އެންޑް އެސެސްމެންޓް ސެކްޝަންގެ މުވައްޒަފުންގެ ސުޕަވައިޒަރުގެ ހައިސިއްޔަތުން ކުރަންޖެހޭ އަދި ބަލަހައްޓަންޖެހޭ އެންމެހައި ކަންކަންކުރުމާއި ބެލެހެއްޓުން.
  3. ކޭސް މުރާޖަޢާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  4. ޓްރައިބިއުނަލަށް ހުށަހެޅޭ ޓެކުހާބެހޭ މައްސަލަތައްބަލައި ދިރާސާކުރުން.
  5. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތައް ދިރާސާކޮށް މެމްބަރުންނަށް ބޭނުންވާ ލަފާދިނުން.
  6. ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ނިންމުމަށް ރިއާޔަތްކޮށް ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާއަށް އަންނަ ބަދަލުތައް ހިސާބުކުރުމާއި، މިކަމާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. ޓްރައިބިއުނަލަށް  ހުށަހެޅޭ   މައްސަލަތަކުގެ  ތެރެއިން  ޓްރައިބިއުނަލަށް ބަލައިގަނެވޭނެ  މައްސަލަތައް  ކަނޑައެޅުމުގައި ރަޖިސްޓްރާރއަށް އެހީތެރިވެދިނުން.
  8. ސްޓްރެޓެޖިކް ޕްލޭންތައް ތައްޔާރު  ކުރުމުގައި  ބައިވެރިވުމާއި  އަދި މިކަމަށް  ބޭނުންވާ ފަންނީ ލަފާދިނުން.
  9. ޤާނޫނު ތަކާއި ޤަވާއިދުތަކަށް ޓްރައިބިއުނަލުން ހުށަހަޅަންޖެހޭ އިސްލާޙުތަށް ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން މާލޭންބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  11. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް  ބޭނުންވާ ލީފްލެޓާއި   އެހެނިހެން މެޓީރިއަލްސް ތައްޔާރުކޮށް، އެފަދަ ކަންކަމުގައި އެހީތެރިވެ ދިނުން.
  12. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.                                           

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި ޢަމަލީގޮތުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާހުރުމާއި، އޭގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ޓެކްސް އެކައުންޓިންގ ދާއިރާގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވުން. ނުވަތަ

-  އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި ޢަމަލީގޮތުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާހުރުމާއި، އޭގެ ތެރެއިން މަދުވެގެން 1 އަހަރު ދުވަހު ޓެކްސް އެކައުންޓިންގ ދާއިރާގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވުން. 

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ). 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ).

އެހެނިހެން މަޢުލޫމާތު

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ.

- ޕްރެކްޓިކަލްގައި ޓެކްސް ޤާނޫނުތަކާއި ޤަވާއިދުތަކަށާއި ޓެކްސް ބަޔާންތައް ތައްޔާރުކުރުމާއި އިސްލާޙްކުރުމަށް އަހުލުވެރިވެފައިވާ މިންވަރު ޓެސްޓްކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.            

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.)

 

23 ޖަނަވަރީ 2023 ވަނަ ދުވަހުގެ

 13:00 ގެ ކުރިން

15 ޖަނަވަރީ 2023
ހޯދާ