ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

ވަޒީފާގެ ފުރުސަތު

މި އިދާރާއަށް ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ލޯންޗް ޑްރައިވަރ (މަޤާމުގެ ނަންބަރު: 232656)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ރޭންކް:

އެސް. އެސް. 3 (ސަޕޯޓް ސަރވިސް 3)

އޮފީސް / އިދާރާ:

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް:

ކޯޕަރޭޓް އެފެއާޒް/އެޑްމިނިސްޓްރޭޝަން، އެޗް.އާރ އެންޑް އިންފޮމޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމުގެ މުސާރައާއި ޢިނާޔަތްތައް:

- މުސާރަ : 3,875 ރުފިޔާ

- ސަރވިސް އެލަވަންސް: 1,000 ރުފިޔާ

- ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެންދެވޭ އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

  1. ކަނޑުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް "ބީ" ކެޓަގަރީގެ ލައިސަންސެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ހދ.އަތޮޅު ކައުންސިލުން އަންގާގޮތެއްގެމަތިން ލޯންޗުގެ ދަތުރުތައް ކުރުން.

- ލޯންޗް ޑްރައިވަރަކީ ލޯންޗުގެ އެންމެ އިސް މީހެއްގެގޮތުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުކަމުން، ލޯންޗުގެ އެންމެހައި މަސައްކަތްތައް ރާވާލައިގެން، ފަޅުވެރިންނާ ގުޅިގެން ކުރުން.

- ލޯންޗް އަބަދުވެސް ރަނިންގ ކަނޑިޝަނެއްގައި ބޭއްވުމަށްޓަކައި، ލޯންޗުގެ ސަލާމަތީ ފީއާއި އަހަރީފީ ޤަވާއިދުން ދައްކާތޯބަލައި، މަރާމާތެއް ކުރަންޖެހޭނަމަ އެކަމަކާ ގުޅޭ ވެރިންނާ މަޝްވަރާކޮށް އެކަންކަން ކުރުން.

- ލޯންޗުގައި ކޮންމެ ދުވަހަކުވެސް ދަތުރު ކުރެވޭގޮތަށް ތެލާއި، ބޯފެނާއި ދަތުރަށް ބޭނުންވާ ސާމާނު ހަމަކޮށް، ކުއްލިޙާލަތުގައި ފުރަންޖެހުނަސް ފުރޭގޮތަށް ލޯންޗް ތައްޔާރަށް ބޭއްވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ކަނޑުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް "ބީ" ކެޓަގަރީގެ ލައިސަންސެއް ހާސިލުކޮށްފައިވުން.
  2. ލިބިފައިވަ މަސައްކަތުގެ ތަޖުރިބާއާއި ފުރިހަމަކޮށްފައިވާ ތަމްރީނުތައް.
  3. ރަށުންބޭރުގައި އުޅެވޭ، ގިނަވަގުތު މަސައްކަތްކުރެވޭނެ ހީވާގި މީހެއްކަމުގައިވުން.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ކުރިމަތިލާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2014 ޑިސެންބަރު 9 އާއި 20 އާ ދެމެދު ހދ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 ޑިސެންބަރު 8 ވާ ހޯމަދުވަހުގެ 15:00 ގެ ކުރީން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުން،  ހދ. އަތޮޅު ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓު (www.haadhaal.gov.mv) އިން ލިބެން ހުންނާނެއެވެ.)
    1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
    2. ލައިސަންސްގެ ކޮޕީ.
    3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމަށް ބޮންޑުކުރެވިފައިހުރި ފަރާތެއް ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
    4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.
    5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
    6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
    7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
    8. ސިވިލް ސަރވިސް ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ  މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6528875 އެވެ. އީމެއިލްކުރާނީ [email protected] އަށެވެ.

9 ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ