ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރާނެ މުވައްޒަފުން ހޯދުން

2023 ވަނަ އަހަރު ހއ. ތަކަންދޫ އިޖްތިމާޢީ ސަރަހައްދު ކުނިކަހައި ސާފުކުރާނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

ވަޒީފާގެ ފުރުސަތު

2023 ވަނަ އަހަރު ހއ.ތަކަންދޫ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރާނެ މުވައްޒަފުން ހޯދުން

މަޤާމް

މަސައްކަތު (ވޭޖް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

މުނިސިޕަލް އެންޑް އިންފްރާ ސްޓްރަކްޗަރ ޔުނިޓް

އެލަވަންސް

ގަޑިއިރަކަށް -/33.65 (ތިރީސް ތިން ރުފިޔާ ފަސްދޮޅަސް ފަސް ލާރި)

ބޭނުންވާ ޢަދަދު

10

އަސާސީ ޝަރުތު

1-        ލިޔަން ކިޔަން ދަތުން

2-        މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން

މަޤާމުގެ މަސްޢޫލިއްޔަތު

  • ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތައް (ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 3 ގަޑިއިރު އަދި ހޮނިހިރު ދުވަހުގެ 2 ގަޑިއިރު) ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނި ކަހާ، ވިނަނޮޅާ ސާފުކުރުން.
  • ކައުންސިލްގެ އިދާރާއިން ބަލަހައްޓާ މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި މަގުބައްތީގެ އަލި ފެތުރުމަށް ހުރަސްއެޅޭގޮތަށް ބޮޑެތިވެފައިވާ ގަސްތައް ކޮށާ ސާފުކުރުން.
  • ކައުންސިލް އިދާރާއިން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުން.
  • ޙާއްސަ މުނާސަބަތު ތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލެވޭ ކަންތައްތައް

1-        ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.

2-        ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލްކަން ހުރި މީހަކު ކަމުގައި ވުން.

3-       ސަރުކާރު ވަޒީފާއެއް ނުވަތަ އައްޔަންކުރެވިފައިވާ މަޤާމެއް އަދާކުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތަށް

ހ.  ފުރިހަމަ ކޮއްފައިވާ ވަޒީފާ އަށް އެދޭ ފޯމް

ށ.  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

ވަޒީފާއަށް އެދޭފަރާތް ތަކުން 24 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔުންތަކާއި އެކު ވަޒީފާއަށް އެދި ފޯމު ހުށަހެޅުން އެދެމެވެ.

15 ޖަނަވަރީ 2023
ހޯދާ