ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލް އެންޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ 05 މުވައްޒަފުން ހޯދުން

މި އިދާރާގެ ބެލުމުގެދަށުގައި ހުރި މަސްޖިދުލް ޝަހީދުޢަލީ ތަކުރުފާން އާއި މަސްޖިދުލް ޞަލާޠުގައި މަސައްކަތްކުރާނެ މި ދަންނަވާ މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މުވައްޒަފުންނަކީ އިމާމުންނާއި މަސައްކަތު މީހުން ޗުއްޓީ ނުވަތަ ސަލާން ބުނުމުން ވަޒީފާއަށް ނުކުމެ، މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް އެލަވަންސް ދެވޭ މުވައްޒަފުންނެވެ.

 

ވަޒީފާގެ ފުރުސަތު

ޕޫލް އެންޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ 02 އިމާމުން ހޯދުން

މަޤާމް

އިމާމް (ޕޫލް އެންޕްލޯއިމަންޓް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމަންޓް ޔުނިޓް

އެލަވަންސް

  • އިމާމުކަމުގެ ސަނަދުއޮތްނަމަ ހާޞިރުވާ ކޮންވެ ނަމާދު ވަޤުތަކަށް -/61ރ
  • އިމާމުކަމުގެ ސަނަދުނެތްނަމަ ހާޞިރުވާ ކޮންވެ ނަމާދު ވަޤުތަކަށް -/53ރ

ބޭނުންވާ ޢަދަދު

02

އަސާސީ ޝަރުތު

އިމާމުކަމުގެ ސަނަދު ނުވަތަ މުދިންކަމުގެ ސަނަދު ނުވަތަ އެސް.އެސް.ސީ އިމްތިހާނުން އިސްލާމުން ދައްވެގެން " ސީ " ގުރޭޑެއްލިބިފައިވުން ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދަކުން އިސްލާމުން ފާސްވެފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

  • ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު 5 ނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް ނަމާދު ވަގުތުގައި ބަންގި ގޮވައި، ސުންނަތްކޮށް ނިމުމުން، ގަމަތްދީ އިމާމުވެ ނަމާދު ކުރުން.
  • ކޮންމެ ދުވަހަކު ކޮންމެ ނަމާދު ވަގުތެއް ގައި ހާޒިރުވި ގަޑިއާއި ނިމުނު ގަޑިޖަހައި ސޮއިކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިތައް ދެނެގަނެ އެކަންތައް ކައުންސިލްގެ އިދާރާގެ ސަމާލުކަމަށް ގެނައުން.
  • މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއެކު އެފަދަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރިނަމަ މިސްކިތްތަކާ ބެހޭ ސެކްޝަނަށް އެކަން އަންގާ އެ ލިޔުމެއް ނައްތާލުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ފަރުވާތެރިކަމާއިއެކު ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލްގެ އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން
  • ކައުންސިލްގެ އިދާރާއިން އަންގަވައިފި ހިނދެއްގައި އިމާމުވެ  ތަރާވީޙް ނަމާދު، ކޭތަނަމާދު، ހުކުރު ނަމާދު އަދި ޢީދުނަމާދު އެ ނަމާދެއްކުރަން ހަމަޖެހިފައިވާ ގޮތުގެ މަތިން ކުރުން.
  • މިސްކިތު މަސައްކަތު މީހުން (ކައުންސިލް އެސިސްޓެންޓް)ގެ މަސްޢޫލިއްޔަތު ޤަވާޢިދުން އަދާކުރޭތޯ ބަލައި، އެގޮތައް އެކަން ކުރަމުން ނުދާނަމަ ކަމާބެހޭ ސެކްޝަނަށް ރިޕޯޓްކުރުން.
  • މިސްކިތު މަސައްކަތު މީހުން ހާޒިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު ނުވަތަ މުދިމު މިސްކިތުގެ އެތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމުމުން މިސްކިތުގެ ބޮކިތަކާއި ހޮޅިބުރިތަކާއި ފަންކާތައް ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން.
  • މިސްކިތުގައި ދީނީ ދަރުސުތައް ދިނުންފަދަ ޕުރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާނަމަ ހަމަޖެހިފައިވާ އުޞޫލުގެ މަތިން ދަރުސްދިނުމާއި، އެފަދަ ޕްރޮގުރާމު ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އިންތިޒާމްތައް ހަމަޖައްސައިދިނުން.
  • މަރުވާ މީހުން ހިނެވުމާއި، ކަށުނަމާދުކުރުމާއި، ވަޅުލުމުގެ ކަންކަމުގައި ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތިން އަމަލުކުރުމާއި އެކަންކަމުގައި ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން
  • މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ކަމާބެހޭ ސެކްޝަނަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  •  

ހުށަހަޅަންޖެހޭ ލިޔުންތަށް

ހ.  ފުރިހަމަ ކޮއްފައިވާ ވަޒީފާ އަށް އެދޭ ފޯމް

ށ.  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނ.  ވަޒީފާއަށް އެދޭފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 

ވަޒީފާގެ ފުރުސަތު

ޕޫލް އެންޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ 03 މަސައްކަތު މީހުން ހޯދުން

މަޤާމް

މަސައްކަތު (ޕޫލް އެންޕްލޯއިމަންޓް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމަންޓް ޔުނިޓް

އެލަވަންސް

  • މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/45ރ

ބޭނުންވާ ޢަދަދު

03

އަސާސީ ޝަރުތު

ދައްވެގެން ގްރޭޑް 5 ނިއްމާފައިވުން ނުވަތަ ލިޔަންކިޔަން ދަތުން.

 

މަޤާމުގެ މަސްޢޫލިއްޔަތު

  • ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  • ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތަށް ގޮސް މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކުރުން.
  • ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން، މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  • މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ ކަބަޑުތައް ފޮޅާ ސާފުކުރުން.
  • މިސްކިތުގެ ފަންކާތަކާއި އޭސީތައް ހަޑިވިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ހޮޅިބުރިތަކާ ފަންކާތައް ދިއްލުމާއި ނިއްވުން.
  • ކައުންސިލްގެ އިދާރާއިން ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ، ގަސްތައް ކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • ކައުންސިލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • މިސްކިތައް ބޭނުންވާ ތަކެތި ކައުންސިލް އިދާރާއިން ހޯދުން.
  • ކައުންސިލްގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތަށް

ހ.  ފުރިހަމަ ކޮއްފައިވާ ވަޒީފާ އަށް އެދޭ ފޯމް

ށ.  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނ.  ވަޒީފާއަށް އެދޭފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ލިޔަން ކިޔަން އެގޭކަމަށް ސަރުކާރު މުއައްސަސާއަކުން ދޫކުރެވިފައިވާ ޞައްޙަ ލިޔުން.

 

ވަޒީފާއަށް އެދޭފަރާތް ތަކުން 29 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔުންތަކާއި އެކު ވަޒީފާއަށް އެދި ފޯމު ހުށަހެޅުން އެދެމެވެ.

 

15 ޖަނަވަރީ 2023
ހޯދާ