މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކުގެ ތެރެއިން ގިނަ ދުވަސްވެ ނުގެންގޮސްފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ކުންފުނީގެ ކާގޯ ޑިޕާޓްމަންޓް އޮފީހަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރަން ހަމަޖެހިފައިވަނީ 18 ޖަނަވަރީ އަދި 19 ޖަނަވަރީ 2023 ވާ ބުދަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00އިން މެންދުރުފަހު 15:00 އަށެވެ. އަދި ނަން ނޯޓް ކުރެއްވުމަށް ދުރުވާއިރު އައިޑީ ކާޑު ކޮޕީއެއް (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އައިޑީ ހިމެނުމަށްފަހު) ހުށަހެޅުއްވުން އެދެމެވެ.

ނީލަން ކިއުން އޮންނާނީ 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 10:30 އިން 15:00 އަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 15 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓް އޮފީހުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް މިތަކެތި ދައްކާލުން އޮންނާނީ 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން 10:00 އަށެވެ.

ނީލަމުންނަގާ މުދާ 27 ޖަނަވަރީ 2023 ވަނަ ދުވަހުގެ 23:00 ގެ ކުރިން މުދާ ނެންގެވި ފަރާތުން އެމުދަލެއް ނީލަމުގައި ނިމުނު އަގު އެމް.އޭ.ސީ.އެލް އަށް ދެއްކުމަށްފަހު ކްލިއަރ ކުރަންވާނެވެ. މުދަލައްވާ ފައިސާ ދެއްކުމަށްފަހު ނުގެންގޮސް ހުންނަ މުދާ ޑެމަރޭޖް ޗާޖާއި އެކު 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 23:00ގެ ކުރިން ނެރެންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ މުދާ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ނައްތާލެވޭނެ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ.

11 ޖަނަވަރީ 2023

11 ޖަނަވަރީ 2023
ހޯދާ