ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަސްދޫނި އަދި ކުކުޅު ގެންގުޅުމަށް ބިންކުއްޔަށް ދޫކުރުން!

އިޢުލާން

އަސްދޫނި އަދި ކުކުޅު ގެންގުޅުމަށް ބިންކުއްޔަށް ދޫކުރުން!

 

                  

            ފާދިއްޕޮޅު އޮޅުވެލިފުށީ ދަނޑުވެރިކަންކުރާ ސަރަޙައްދުން އަސްދޫނި އަދި ކުކުޅު ގެންގުޅުމަށް ބިންކުއްޔަށް ހިފާނެއް ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން ބިޑްހުށަހަޅާފައި ނުވާތީ ކުރިން ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

             ފާދިއްޕޮޅު އޮޅުވެލިފުށީ ދަނޑުވެރިކަންކުރާ ސަރަޙައްދުން އަސްދޫނި އަދި ކުކުޅު ގެންގުޅުމަށް ޙާއްސަކުރެވިފައިވާ ސަރަޙައްދުން 5 އަހަރުދުވަހުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.އަދި ބިންކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑައަގަކީ އަކަ ފޫޓަކަށް 0.05 ލާރިއެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑު މިނަކީ 1570 އަކަފޫޓެވެ.

            ވީމާ، މިކަމަށް ޝަޢުގުވެރި ވެލައްވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ  ފުރުސަތު ހުލުވާލަމެވެ. އަދި ބިޑްހުށަހެޅުމާއި ބިޑްއޯޕައިންގް އޮންނާނީ 15 ޖަނަވަރީ 2023 ވާ އާދިއްތަދުވަހުގެ 11:00 ގައި ކައުންސިލް އިދާރާ ގައެވެ.  ބިޑް ހުށަހަޅާފޯމް މިއަދުން ފެށިގެން ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މާކްސް ދެވޭނެ ގޮތް

އެންމެ ބޮޑު އަގު

100%

 

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

11 ޖަނަވަރީ 2023
ހޯދާ