ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ހެދުމާއި ގުޅޭ:

ތިރީގައި މި ދަންނަވާ މަގުތަކަކީ ކުރިން ހެދި މިހާރު ވައު ވެފައިވާ މަގުތަކެއް ކަމުން އެ މަގުތައް ސާފުކުރުމުގެ މަސައްކަތް 12 ޖަނަވަރީ 2023 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާތީ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުތަކުގައި ހުރި އާއްމު ފަރާތްތަކުގެ ރުއް ގަހާއި ފަތްކެޔޮ ކުރިއަށް އޮތް 5  ދުވަސް ތެރޭ ނަގާ ތަން ސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ރުއް ގަސްތަކަށް މި ކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

  1. ރަށުގެ ވަށައިގެން ހެދިފައިވާ މަގު
  2. ކަމަނާ މަގު މިހާރު މަގުގެ ބެރަށް ނުކުމެފައި ހުރި ސަރަހައްދު

މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައި ސާފުކުރާ ސަރަހައްދުތައް ފާހަގަކުރެވިފައިވާނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

             16 ޖުމާދަލްއާޚިރާ 1444

             08 ޖެނުއަރީ   2023

08 ޖަނަވަރީ 2023
ހޯދާ