އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ވެލްޑަރ (ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

މަޤާމް:

ވެލްޑަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މަގާމުގެ ޝަރުޠު:

  • ލިޔަން ކިޔަން ދަތުމާއެކު، މަގާމުގެ މައްސޫލީޔަތު އަދާ ކުރުމުގެ ހުނަރާއި ގާބިލިއްޔަތުކަން ސާބިތުކޮށް ދިނުމާއެކު އުމުރުން 55 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ވެލްޑިންގް މެޝިންތަށް (ގޭސް އަދި އާރކް މެޝިން) ބޭނުންކޮށްގެން ވެލްޑިންގް މަސައްކަތް ކުރުން.
  • ވެލްޑިންގް މަސައްކަތްތަށްކުރުމަށް ބޭނުންވާ ސާމާނު އަދި މެޝިންތައް ތައްޔާރުކޮށްފައި ބެހެއްޓުން.
  • ލެޑް ޕައިޕް، ވެލްވްސް، ފްލޯރސް ފަދަ ތަކެތި މަރާމާތުކޮށް ހަރުކުރުން.
  • މެޓަލް ޝޭޕިންގ މެޝިން، ޝިއަރސް، އަދި މިނޫންވެސް ދަގަނޑު ޝޭޕްކުރާފަދަ މެޝިންތަށް ބޭނުންކުރުން.
  • މަތީގައިވާ މަސައްކަތްތަކުގެ އިތުރުން ދާއިރާއާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތަށް އަދާކުރުން.

 

 ހުށަހަޅަންޖެހޭ ލިއުންތައް:

  • ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ވަޒީފާއަށް އެދޭ ފޯމާއި އެކު ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ  އަދި 04 މަސް ނުވާ ޕޮލިސް ރިޕޯޓް ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެއްދެވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)
  • ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ސުންގަޑި:

12 ޖަނަވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ބިލްޑިންގ ނަންބަރު 100 ސ. ގަން

އައްޑޫ ސިޓީ، ސ.ގަން

ފޯން: 6898010

އީމެއިލް:[email protected]             

 

 

03 ޖަނަވަރީ 2023
ހޯދާ