މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 11 ޖަނަވަރީ 2023 15:48 ގައި ބާތިލް ކުރެވިފައެވެ.


ފެންބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގައި ހިންގަމުންދާ މި އޮތޯރިޓީގެ މަސައްކަތްތައް ހުޅުމާލޭގައި އަލަށް ބިނާކުރި އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ބަދަލުކުރުމަށާއި އެ ފަންގިލާގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 2023 ޖެނުއަރީ 04 ގެ 10:00 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، ފެންބިލްޑިންގ 4 ވަނަ ފަންގިފިލާގައެވެ. އަދި ހުޅުމާލޭ އޮފީސް އިމާރާތުގައި ކުރަންހުރި މަސައްކަތްތައް ދެއްކުމާއި އިތުރު މަޢުލޫމާތު ދިނުން 2023 ޖެނުއަރީ 05 ގެ 10:00 ގައި އެ އިމާރާތުގެ 5 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖެނުއަރީ 08 ގެ 10:00 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، ފެންބިލްޑިންގ 4 ވަނަ ފަންގިފިލާގައެވެ.

29 ޑިސެންބަރު 2022
ހޯދާ