ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ވާދޫ ޖަމާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

                  ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން 9 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 14:00 އަށް ބީލަމުގައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. ރަޖިސްޓްރީވުމަށް ތިރީގައިމިވާ މަޢުލޫމާތުތަށް ފޯރުކޮށްދޭންވާނެއެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ވިޔަފާރި ރަޖިސްޓްރީ ނަންބަރ:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރ:

                  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 12 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އޮންނާނެއެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު މި ޢިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                  މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި ސްކޫލަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

                  މި ޢިއުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާ ނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 14:00 އަށް މި ސްކޫލުގެ ނަންބަރ 7983084 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                  6 ޖުމާދަލްއާޚިރާ 1444

                  29 ޑިސެމްބަރ 2022

29 ޑިސެންބަރު 2022
ހޯދާ