ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

02

ރޭންކް:

ޖީ.އެސް.3

ކްލެސިފިކޭޝަން:

ސެކްޝަން

އޮފިސަރ ގރ1

ކޯޕަރޭޓް އެފެއާޒް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ: 

 

 

 

 

 

 

 

 

-   މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ

-   މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާގުޅޭ ދާއިރާއެއްގައި 06 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-   މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މަޤާމަށް ބޭނުންވާ ދާއިރާއަކުން، ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 3 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްގުވާ މާކުހެއް ލިބެމުން ދިއުމާއެކު، ޖީ.އެސް 2 ރޭންކްގެ ޝަރުތު ފުރިހަމަވެ، އެރޭންކްގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު: 

 

- އޮފީހަށް އަންނަ މައްސަލަތައް އެންޓްރީކޮށް ސެކްޝަންތަކަށް ހަވާލުކުރުވުން

- މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި ދާއިމީ ކުރުމާބެހޭ ކަންތައްތައް ކުރުން

- ދުވަހު ޔައުމިއްޔާއާއި ބޮޑެތިކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

- މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި ޗުއްޓީ ރެކޯޑު ބެލެހެއްޓުމުގެ އެންމެހައި ކަންތައްކުރުން

- ޕާރފޯމަންސް އެޕްރައިޒަލް ފޯމު ފުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މުވައްޒަފުންގެ ރެކޯޑު ފައިލްތަކަށް ވައްދަންޖެހޭ ތަކެއްޗާއި ފައިލްތައް ސިއްރުތަކެތީގެ ގޮތުގައި ބެލެހެއްޓުމުގެ މަސައްކަތް

- ކައުންސިލްތަކުގެ އަހަރީ ރިޕޯޓްލިޔުމާބެހޭ ކަންތައްތައް ކުރުން

- އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑިއާއި ބަންދު ދުވަހުގެ ރިޕޯޓާބެހޭ އެންމެހައި ކަންތައްކުރުން

- މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ފޮހޭ ރަޖިސްޓަރީގެ އެންހައި މަސައްކަތްތައް ކުރުން

- އޮފީހުގެ މެޝިނަރީއާއި އިންވެންޓްރީއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައްކުރުން

- އޮފީހުން ދޫކުރެވޭ ތަކެތީގެ ސްޓޮކާއި، އޮފީހުގެ ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓުން

- ހުކުރު ނަމާދު، ޢީދު ނަމާދު، ކޭތަ ނަމާދާބެހޭ އެންމެހައި ކަންތައް ކުރުން

- އެކިއެކި ހާދިޘާތަކާއި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް

- ސެކްޝަނުން ހަދަންޖެހޭ ރިޕޯޓުތައް (ވާރޭގެ ރިޕޯޓު، މޫސުމާއި މަސްވެރިކަމުގެ ދުވަހު ރިޕޯޓް، ފިޝަރީޒް ރިޕޯޓް، އިހީގެ ރިޕޯޓް، ވެލާ ކަހަނބުގެ ރިޕޯޓް، އެގްރިކަލްޗަރ ރިޕޯޓް) ހެދުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

- ފައިސާ ބަލައިގަތުމާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް، ފައިސާ ޚަރަދުކުރުމުގެ ކަންތައްތައް.

- ފައިސާއާބެހޭ ރިޕޯޓްތައް (ބަޖެޓް ރިޕޯޓް، ތިޖޫރީގައި ހުންނަ ފައިސާގެ ރިޕޯޓް)

- މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިއުންތައް ތައްޔާރުކޮށް މުވައްޒަފުންގެ އެކައުންޓަށް މުސާރަ ޖަމާކުރުމަށްޓަކައި ބެންކަށް ފޮނުވުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 

- މި މަޤާމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު، 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެކުރިން ހޯދަޑު ކައުންސިލުގެ އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

-  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ.) 

-  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

-  ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުން.

-  ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.

-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

-  ސިވިލް ސަރވިސް އަށް / ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  

-  ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

-  ތަޢުލީމާއި ތަމްރީނު

-  މަސައްކަތުގެ ތަޖުރިބާ

-  މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް 

އިންޓަވިއު ކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

ނޯޓް: - ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު ކަމުގައި ވާންވާނެއެވެ.

    - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860024 ނަންބަރު ފޯނާއެވެ.

01 ޞަފަރު 1436

23 ނޮވެންބަރު 2014
ހޯދާ