ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެގްޒެކްޓިވް މަޤާމުގެ އިޢުލާން ބާޠިލްކުރުމާއި ގުޅޭ

ނަންބަރ:(IUL)242-CB/242/2022/32

 

އިޢުލާން

ކައުންސިލް އެގްޒެކްޓިވް މަޤާމުގެ އިޢުލާން ބާޠިލްކުރުމާއި ގުޅޭ

މި އިދާރާގެ ނަމްބަރ (IUL)242-A/242/2022/27 (24 ނޮވެމްބަރ 2022) އިޢުލާނުން އިޢުލާންކޮށްފައިވާ ކައުންސިލް އެގްޒެކްޓިވް މަޤާމުގެ މުއްދަތު ހަމަވުމާއި ގުޅިގެން މީހަކު ހަމަޖެއްސުމަށް ކުރިއަށްދިޔަ އިންޓަވިއު ޕްރޮސެސްގައި މައްސަލަތަކެއް ހުރުމުންނާއި، އިންޓަވިއު ޕެނަލުގައި ސިޔާސީ މަގާމެއްގައި ހުރި ފަރާތެއް ހިމެނިފައިވާތީ، މި މަޤާމަށް މީހަކު ހޮވުމަށް ކުރެވުނު އިޢުލާން ބާޠިލް ކުރުމަށް 22 ޑިސެމްބަރ 2022 ވަނަ ދުވަހު ބޭއްވުނު ގދ. އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 04 ވަނަ ކުއްލި ބައްދަލުވުމުން ނިންމާފައިވާތީ، އެ އިޢުލާން ބާޠިލްކޮށްފައިވާކަން އާންމުކޮށް އިޢުލާން ކުރީމެވެ.

 

27 ޑިސެންބަރު 2022
ހޯދާ