އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުން

      މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަރަކްޗަރއިން ޢާއްމު ކުރައްވާފައިވާ ޤަވާޢިދު ނަންބަރު : 2022/R-181 " ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު " ގެ 9 ވަނަ މާއްދާގެ (ހ) އިން  ބިމުގެ އަގު ކަނޑަ އެޅުމަށް ކައުންސިލްތަކަށް ލާޒިމްކޮށްފައިވާތީ އަރިއަތޮޅު ދެކުނުބުރީ މާމިގިލިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށްޓަކައި އެ ގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން  ސަރުކާރަށް ދައްކަންޖެހޭ، ބިން އަމިއްލަ ކުރުމުގެ އަގެއްގެ ގޮތުގައި މި ކައުންސިލުން ކަނޑައަޅާފައިވަނީ އަކަފޫޓަކަށް -/50 ރ ( ފަންސާސް ރުފިޔާ ) އެވެ.  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ .  

       04  ޖުމާދަލްއާޚިރާ  1444   

27 ޑިސެންބަރު 2022
ހޯދާ