މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލެ ލޯކަލް މާރުކޭޓުން 20 ގޮޅި ކުއްޔަށް ދޫކުރުމާއި ބެހޭ

       މާލޭ ސިޓީކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް އަލުން ފުރުޞަތު ހުޅުވާލާ، އިޢުލާން ނަންބަރު (IUL)425-CB/1/2022/281 އިން ގޮޅިއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްފަހު 20 ގޮޅިއަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއި އެކު ހިއްސާކުރީމެވެ. މި ލިސްޓާއި މެދު ޝަކުވާއެއް ވާނަމަ މިއަދުން ފެށިގެން 03 ދުވަހުގެ ތެރޭގައި މި އޮފީހުގެ ވިލިމާލެ ސެކްޝަނާއި ހިއްސާކުރެއްވުން އެދެމެވެ.

       މިއިޢުލާނާއިއެކު "ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމާއި ބެހޭ އުސޫލް" ހިމެނީމެވެ.  

       ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޑިސެންބަރު 2022
ހޯދާ