މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2023 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުން

 

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި ، ދިވެހިރާއްޖެ  

                                                        ނަންބަރ: (IUL)GS-23/PRIV/2022/43

 

އިޢުލާން

 

2023 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

          2023 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖަނަވަރީ 02 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ޖަނަވަރީ 04 ވާ ބުދަ ދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ.

         އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުޠުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.

  1. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
  2. ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  3. ފާހާނާ ގެ ނިޒާމް ގާއިމް ކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  4. ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމް ހަމަޖެހިފައިވުން.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                         01 ޖުމާދަލްއާޚިރާ 1444 

                        25 ޑިސެމްބަރ  2022

 

                                                             އަޙްމަދު ނާހިދު

                                                             ޕްރިންސިޕަލް

25 ޑިސެންބަރު 2022
ހޯދާ