އޮޅުވެލިފުށި ސްކޫލް
ދިވެހިރާއްޖެ
އޮޅުވެލިފުށީ ސްކޫލްގެ 2023 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެޓުމާއިގުޅޭ

`

 

 

އޮޅުވެލިފުށީ ސުކޫލު

  ޅ.އޮޅުވެލިފުށި، ދިވެހިރާއްޖެ     

ނަންބަރު: GS-140/IUL/2022/17

އޮޅުވެލިފުށީ ސްކޫލްގެ 2023 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެޓުމާއިގުޅޭ

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2023 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

26 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހު 11:00

28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހު 11:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

24ޖުމާދިލް ޢޫލާ 1444ހ

22 ޑިސެމްބަރ 2022މ

22 ޑިސެންބަރު 2022
ހޯދާ