ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ޢިމާރާތްތަކުގައި ކަތުރުފަނި އަޅާފައިވާތީ އެމައްސަލަ ހައްލުކޮށްދޭނޭ ފަރާތެއް ހޯދުމަށް

  • މި ސްކޫލުގެ ޢިމާރާތްތަކުގައި ކަތުރުފަނި އަޅާފައިވާތީ، އެމައްސަލަ ހައްލުކޮށްދޭނޭ ފަރާތެއް ހޯދުމަށް ތިންވަނަފަހަރަށް އިޢުލާން ކުރުން.

މި ސްކޫލުގެ ޢިމާރާތްތަކުގައި ކަތުރުފަނި އަޅައި ހަލާކުވަމުންދާތީ، އެކަން ހައްލުކުރުމަށްޓަކައި، ކަތުރުފަނި ނައްތާލައިދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS141/MIS/2014/15 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ތިންވަނަފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އެމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކުން ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވުމުންވެސް ޤަބޫލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚާއި ގަޑި

އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި

04 ޑިސެންބަރު 2014ވާ ބުރާސްފަތި ދުވަސް

ގަޑި 13:00

09 ޑިސެންބަރު 2014ވާ އަންގާރަ ދުވަސް

ގަޑި 13:00

  • އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ