ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި، މިސްކީނުންގެ ލިސްޓްގައި ނަންނޯޓް ކުރުމާއި ބެހޭ

ފަޤީރުންނާއި، މިސްކީނުންގެ ލިސްޓްގައި ނަންނޯޓް ކުރުމާއި ބެހޭ

 

        އިސްލާމިކް މިނިސްޓްރީއިން އެކުލަވާ ލެވިފައިވާ ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގެ ތެރެއިން އަލަށް ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކުން 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 9:15އިން 12:00އަށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

          2022ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން  ޙާލަތު ބަދަލުވުމުގެ ސަބަބުން ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކަކީ މިވަގުތުގައި ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަށް ކަމުގައިވާތީ އެފަރާތްތަކުން އަލަށް ރަޖިސްޓްރީ ވުމަށް ފޯރމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ރަޖިސްޓްރީވެފައިވާ ޢާއިލާތަކުގައި، 19ޖެނުއަރީ 2023އަށް 18 އަހަރުފުރި ނުވަތަ 65އަހަރު ފުރޭ މީހެއް/ މީހުން އަދި އަލަށް އުފަންވެފައިވާ ކުއްޖަކު ހުރިނަމަ އަލުން ފޯރމް ހުށަހަޅަން ޖެހޭނެއެވެ.

          މިކަމަށް އެދި ހުށަހަޅާ ފޯރމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

19 ޑިސެންބަރު 2022
ހޯދާ