މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމާއި ގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން (އަލަށް) ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވަނީ ހުޅުވާލާފައެވެ.

1. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.

2. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

3. ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 18 ޑިސެމްބަރ 2022 ގައި ވަނީ ހުޅުވާލެވިފައެވެ. އަދި 22 ޑިސެމްބަރ 2022 އިން ފެށިގެން ފޯމްތައް ކައުންސިލް އިދާރާއިން ބަލައިގަންނަށް ފަށާނެއެވެ.

ވީމާ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޙްގެ ފަހުން ހުށަހަޅުއްވާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދެންނެވީމެވެ. "ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ކައުންސިލް އިދާރާއިން 18 ޑިސެންބަރު 2022 ފެށިގެން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ޑިސެންބަރު 2022
ހޯދާ