މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން

                                              ނަމްބަރު:(IUL)325/142/2022/1

އިޢުލާން

             1444ވަނައަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުންގެންދާތީ، މިދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން ފޯމް ހުށަހަޅުމުގެ ފުރުޞަތު 22ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023ވަނަ ދުވަހުގެ 13.00އާ ހަމައަށްވަނީ ހުޅުވާލެވިފައެވެ.

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް 22 ޑިސެމްބަރ 2022ވާ ބުރާސްފަތި ދުވަހުން ފެށިގެން މިކައުންސިލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމް ބަލައިގަތުން އޮންނާނީ 22 ޑިސެމްބަރ 2022ވާ ބުރާސްފަތި  ދުވަހުން ފެށިގެން 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރުފަހު 13.00އާއި ހަމައަށެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާފޯމް ބަލައިނުގަނެވޭނެތީ، މިމުއްދަތުގައި ފޯމް ހުށަހެޅުމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުން އެދެމެވެ. މިހާރު ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އަލުން ފޯމްފުރާކަށް ނުޖެހޭނެއެވެ.

              ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                               19 ޑިސެމްބަރ 2022

19 ޑިސެންބަރު 2022
ހޯދާ