ބ. ކިހާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :1

 

ބ. ކިހާދޫ ޞިއްޙީމަރުކަޒު

  ބ. ކިހާދޫ

    ދިވެހިރާއްޖެ

ނަންބަރު: (IUL)F6-HC/2022/06

އިޢުލާން

 

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަންބަރު


ބޭނުންވާ އަދަދު

01 ( އެކެއް )

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ކިހާދޫޞިއްޙީމަރުކަޒު / ބ. ކިހާދޫ

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން.

 

2- ހޮސްޕިޓަލާއި އެހެނިހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ސްޕަވައިޒަރުގެ ލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން.

 

3- ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމު ގައި އެހީތެރިވުން.

 

4- ޞިއްޙީމަރުކަޒުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި، ޞިއްޙީމަރުކަޒަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލްކޮށް ބެލެހެއްޓުން.

 

5- ޞިއްޙީމަރުކަޒުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން.

 

6- ޕަބްލިކް ހެލްތް ޔުނިޓުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި އެހީތެރިވުން .

 

7- އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި، ޤަވާއިދުތައް އާންމުންނަށް ފެންނާނެހެން ޞިއްޙީމަރުކަޒުގެ ނޯޓިސްބޯރޑްގައި ބެހެއްޓުން.

 

8- ތަފާތު ބޭނުންތަކަށް ހޯދުމަށް ހުށަހަޅާ ލިޔުންތައް ތައްޔާރުކޮށް ބޭނުންވާ ފަރާތްތަކަށް ރައްދުކުރުން .

 

9- އޮފީހަށް އަންނަ އެންމެހާ ލިޔުންތައް އެންޓްރީކޮށް އިސްވެރިންނަށް ހުށަހަޅާ، އިސްވެރިންގެ އިރުޝާދުގެ ދަށުން އެ ލިޔުމެއް ޙަވާލުކުރަންޖެހޭ ސެކްޝަންތަކަށް ލިޔުންތައް ޙަވާލުކުރުން.

 

10- އޮފީހުން ބާއްވާ މީޓިންގތައް އިސްވެރިޔާގެ ލަފާގެމަތިން އިންތިޒާމުކުރުމާއި، މީޓިންގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.

 

11- އޮފީހުގެ ދުވަހުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ ބެލެހެއްޓުމާއި، ކޮންމެ އަހަރެއް ނިމުމުން އަހަރު ރިޕޯޓް ލިޔެ މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން.

 

12- ރަސްމީގަޑީގައި އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި ހޮސްޕިޓަލްގެ ރަސްމީ މެއިލް ބެލެހެއްޓުން.

 

13- އެކި އެކި ކަންކަމާއި ގުޅިގެން ހޮސްޕިޓަލާއި އެހެނިހެން މުއައްސަސާތަކުން ބޭނުންވާ މަޢުލޫމާތު ހޯދުމުގައި އިދާރީ ގޮތުން އެހީތެރިވެދިނުން.

 

14- ޞިއްޙީމަރުކަޒުގެ ހަރުމުދަލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

 

15- ޞިއްޙީމަރުކަޒުން ތައްޔާރު ކުރަންޖެހޭ އިދާރީ އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

16- މީޓިންތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 

17- ސެކްޝަންގެފަރާތުން ތައްޔާރު ކުރަންޖެހޭ ޕްލޭންތަކާ، ރިޕޯޓާ އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން .

 

18- ޞިއްޙީމަރުކަޒުގެ ވާރކް ޕްލޭން އަދި ހަރަކާތްތައް ތަންފީޒުކޮށް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

 

19- އޮފީހުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާއި، ބައްދަލުވުންތައް އިންތިޒާމުކުރުމުގައި ސެކްޝަންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

 

20- ޞިއްޙީ މަރުކަޒުގެ އެޑްމިން އެޗް.އާރގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.

 

21- ޞިއްޙީމަރުކަޒުގެ ހެލްތް ވޯކް ފޯސް އެޗް.އާރ ޑޭޓާ ރިޕޯރޓް ކޮންމެ ހަމަހަކަން ( ޖޫންއަށް އަދި ޑިސެމްބަރަށް) ތައްޔާރުކޮށް މެޑިކަލް ރެކޯރޑްސްއަށް ފޮނުވުން.

 

22- ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މޯޓިވޭޝަން ދެމެހެއްޓުމަށްޓަކައި މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތައް ޕްރޮގްރާމްތައް ރާވައި ހިންގުން.

 

23- ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ލިއުމުން އަންގަންޖެހޭ އެންމެހައި އެންގުންތައް ޤަވާޢިދުން މުވައްޒަފުންނަށް އެންގޭނެ އިންތިޒާމެއް ޤާއިމުކޮށް މުވައްޒަފުންނަށް އެންގިފައިވޭތޯ ޔަޤީން ކުރުން.

 

24- އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް އަށް ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ އެ މައްސަލަތަކާއި ގުޅިގެން ބައްދަލުކުރަންޖެހޭ ފަރާތްތަކާއި ބައްދަލުކޮށް މައްސަލަތަކަށް ޙައްލު ހޯދައި ދިނުން.

 

25- ޞިއްޙީމަރުކަޒުގެ ފައިސާ އާއިގުޅޭ އެންހާ މަސައްކަތްތައް ކުރުން.

 

26- ޞިއްޙީމަރުކަޒުގައި ބޭނުންކުރާ އެންމެހާ އުޅަނދުތައް ބެލެހެއްޓުމާއި، ރަޖިސްޓްރީ އަދި ރޯޑްވާދިނަސް ހެއްދުމާއި އަހަރީ ފީ ދެއްކުމާއި، ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

 

27- ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރާ ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒްކުރުމާއި، އެފަރާތްތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމާއި، މަސައްކަތަށް ބޭނުންވާ ތަކެތި ހޯދައިދިނުން.

 

28- ޞިއްޙީމަރުކަޒަށް ބޭނުންވާ އެންމެހާ ތަކެތި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ކުރުވުމާއި، ސްޓޮކް ބެހެލެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

 

29- ޞިއްޙީމަރުކަޒުގައި ބޭނުންކުރާ މެޝިނަރީ އިކްއިޕްމަންޓަށް ދިމާވާމައްސަލަތައް ހައްލުކުރުވުމާއި، އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

30- ޞިއްޙީމަރުކަޒުގެ ސާފުތާހިރުކަމާއި މަރާމާތާއި މެއިންޓެނެންސްގެ އެންމެހާ ކަންކަން ބެލެހެއްޓުން.

 

31- ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

32- މީގެއިތުރުންއިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމާއި، އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުތު

 މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒިނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒިނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން:

  • ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި  ބ.ކިހާދޫ ޞިއްޙީމަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޑިސެމްބަރު 2022 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން ބ.ކިހާދޫ ޞިއްޙިމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

ނޯޓް: އީ.މެއިލްއިން ވަޒީފާއަށް އެދި ފޮނުވާލިއުންތައް ފޮނުވާއިރު ވަޒީފާއަށް އެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީކާޑް ނަންބަރު ހިމެނުމަށް ދެންނެވީމެވެ.

އެސެސްމަންޓް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މ މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް އޮންނާނީ،29 ޑިސެމްބަރ 2022 ން 03 ޖަނަވަރީ 2023 އާއި ދެމެދު، ބ. ކިހާދޫ ސިއްހީ މަރުކަޒުގައެވެ. އަދި އިންޓަވިއު އޮންނާނީ 04 ޖަނަވަރީ 2023 ން 09 ޖަނަވަރީ 2023 އާއި ދެމެދު ބ. ކިހާދޫ ސިއްހީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ސަރުކާރު ރަސްމީ ގަޑީގައި ބ. ކިހާދޫ ޞިއްޙިމަރުކަޒު ނަންބަރު 6600050 ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ b.kihaadhoohc@health. gov.mv  އެވެ.

18 ޑިސެމްބަރު 2022

 

 

18 ޑިސެންބަރު 2022
ހޯދާ