ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިން އެންޑް އެޗްއާރު އޮފިސަރ/ކޮމްޕެނީ ސެކްރެޓަރީ

ވަޒީފާގެ ފުރުޞަތު

:މަޤާމު

އެޑްމިން އެންޑް އެޗްއާރު އޮފިސަރ/ކޮމްޕެނީ ސެކްރެޓަރީ

މުސާރައާއި އެލަވަންސް:

  • މުސާރ އަދި އެލަވަންސް: 12,000 ރުފިޔާ
  • ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުނިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ އަދި ލިބޭ ސިޓީ، ނޯޓް އަދި މެމޯފަދަ ލިޔުންތައް ތައްޔާރުކުރުމާއި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އެތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
  • ކުންފުނީގެ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ / ރެކޯޑްސް ތައްޔާރުކުރުން
  • ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސީޖަރއާއި އެއްގޮތަށް ޑިޕާރޓްމެންޓްގެ އެންމެހާ މަސައްކަތެއް ކުރުން
  • މުވައްޒަފުންގެ މުސާރަ އާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ދުވަހުން ދުވަހަށް ހާޟިރީ އަޕްޑޭޓްކުރުމާއި، ޗުއްޓީއާއި ސަލާމުގެ ރިކޯޑު ބެލެހެއްޓުން
  • ކުންފުންޏަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަރވިއުގެ އިންތިޒާމުތައް ހަމަޖެއްސުން
  • މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލްގެ އެންމެހާ މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  • ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކެއް ކުރުން
  • ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް އިންތިޒާމްކުރުމާއި، ބޯޑު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  • ކުންފުނީގެ ބޯޑުން ނިންމާ ކަންކަން ތަންފީޒުކުރުމަށް، ކަމާއި ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން
  • ކުންފުނީގެ މުދަލާއި ފައިސާ އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާއި އެއްގޮތަށްކަން ކަށަވަރުކުރުން

މަޤާމުގެ ޝަރުތުތައް:

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ކަމާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  • އެސްއެސްސީ ދިވެހި ހިމެނޭ ގޮތުން އޭލެވެލްގެ ދެ މާއްދާއާއި އޯލެވެލްގެ 4 މާއްދާއިން ފާސްވެފައިވުން
  •  

މަސައްކަތު ތަޖުރިބާ:

  • މަސައްކަތާއި ގުޅޭ ދާއިރާގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

28 ޑިސެމްބަރ 2022 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް

 ނޯޓު :

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
15 ޑިސެންބަރު 2022
ހޯދާ