އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިސްކޫލްގެ ކެންޓީން ހިންގާދޭނެފަރާތެއްހޯދުން:

  1. މިސްކޫލްގެ  ކެންޓީން ހިންގާދޭން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ކާބޯތަކެތި ވިއްކުމުގެ ހުއްދަ އޮތް ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެމްބަރު 15 ން 2022 ޑިސެމަބަރު 22 ގެ 14:00 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.gle/SfbwQe3Qzvst16jD9

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރ  20 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެމްބަރު 26 ހޯމަ ދުވަހުގެ 11:00 ގައިމިސްކޫލްގެ ހޯލްގައެވެ.
  2. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  4. ޕްރޮކިއުމަންޓް ސެކްޝަން

   އަމީނިއްޔާ ސްކޫލް

    ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.                                               

   ފޯން: 7793747

   އީ-މެއިލް: [email protected]

   ކޮޕީ-މެއިލް: [email protected]

 

21 ޖުމާދަލް އޫލާ   1444

15  ޑިސެމްބަރ   2022

15 ޑިސެންބަރު 2022
ހޯދާ