ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

 

ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު

ތަޢާރަފާއި ނަން

1.

(ހ)

މިއީ ޢާއިލާއާބެހޭ ޤަވާޢިދު 2022/R-99 (ޢާއިލާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ (ނ) ދަށުން ބާރުލިބިގެން މ.މުލީ މެޖިސްޓްރޭޓް ކޯޓުން އެކުލަވާލެވިފައިވާ އުޞޫލެކެވެ.

 

 

(ށ)

މި އުޞޫލަށް ކިޔާނީ، "ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާ އުޞޫލު" އެވެ.

އުޞޫލުގެ މަޤުޞަދު

2.

މި އުޞޫލުގެ މަޤުޞަދަކީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ކާވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކާވެނިކުރާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރުމެވެ.

ކާވެނިކޮށްދޭ ގަޑިތައް

3. (ހ)

ކާވެނިކޮށްދޭ ތަން

ރަސްމީ ދުވަސްތަކުގައި ކާވެނިކޮށްދޭ ގަޑިތައް

ނުރަސްމީ ދުވަސްތަކުގައި ކާވެނިކޮށްދޭ ގަޑިތައް

ކޯޓުގައި

09:00 – 14:00

20:00 – 22:00

ކޯޓުން ބޭރުގައި

14:00 – 22:00

14:30 – 22:00

(ށ)އަދި މީގެ އިތުރުން ކައިވެނިކުރަން އެދޭފަރާތުން މަތީގައިވާ ގަޑިތައްނޫން ގަޑިއެއްގައި ކައިވެނި ކޮށްދިނުން އެދޭނަމަ އެ ގަޑިއެއްގައި ކައިވެނި ކޮށްދިނުމަށް މި އުސޫލު ހުރަހެއްނާޅައެވެ.

 

ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް

4.

ކޯޓުން ބޭރުގައި ކާވެނިކުރާ ތަނަކީ ކާވެނި މަޖިލިސް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށް މި ކޯޓުން ރިޔާއަތްކުރާނެ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 

(ހ)

އެތަނަކީ ކާވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތަކާއި، ކޯޓުގެ ފަރާތުން ޙާޟިރުވާ މުވައްޒަފުން އިށީނދެ ތިބެވޭފަދަ ތަނަކަށްވުން.

 

 

(ށ)

އެތަނަކީ ކާވެނީގެ މަޖިލީހުގައި ކޯޓުގެ ފަރާތުން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރެވޭފަދަ މޭޒާއި، ގޮނޑި ހުރި ތަނަކަށްވުން.

 

 

(ނ)

އެތަނަކީ ލިޔެކިޔުމުގެ މަސައްކަތަށް އެކަށީގެންވާ އަލިކަން ލިބޭފަދަ ތަނަކަށްވުން

 

 

(ރ)

އެތަނަކީ އެއްވެސް ސިޔާސީ ހަރަކާތެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ އެއްވެސް ކަމެއް ރަމްޒުވާގޮތަށް ހުރި ތަނެއްކަމަށް ބެލެވޭތަނަކަށް ނުވުން.

 

 

(ބ)

އެތަނަކީ، މާތްވެގެންވާ އިސްލާމްދީނާ، ދިވެހިރާއްޖޭގެ ޤާނޫނަތަކާއި، އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު ޝިއާރުތަކާއި، ނިޝާންތަކާއި ރަމްޒުތަކާއި އެފަދަ އެހެނިހެން ކަންކަން ދޭހަވާފަދަ ގޮތަކަށް ހުރި ތަނަކަށް ނުވުން.

 

 

 

(ޅ)

މީގެ އިތުރުންވެސް، ކާވެނިކުރުމަށް ތައްޔާރުކުރެވިފައިވާ ތަނުގައި ކަމެއް އިސްލާޙުކުރަން ކޯޓުން އަންގައިފިނަމަ އެކަމެއް އިސްލާޙުކުރަންވާނެއެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށްދާ ޚަރަދު

5.

މީހުން

ދިރިއުޅޭ ރަށްރަށުގައި ފިޔަވައި އެ ނޫން ތަނެއްގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށްޓަކައި ކޯޓުން ދާ ބަޔަކު ކައިވެނިކުރާ ތަނަށް ދިޔުމާއި، އެނބުރި އައުމާއި، އެ ދެމެދުގެ ވަގުތުތަކުގައި ކެއިންބުއިމާއި، އެނބުރި އައުން ލަސްވުމުގެ ސަބަބުން އެ ތަނެއްގައި ތިބުމަށްޓަކައި ހިނގާ އެންމެހައި ޚަރަދުތައް ކައިވެނި އިންތިޒާމްކުރާ ފަރާތުން ކުރަންވާނެއެވެ.

 

އުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚު

6.

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2022 ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މި އުޞޫލު މުރާޖަޢާކުރުން

7.

މި އުޞޫލަށް ބަދަލުގެނެސް އަދި މުރާޖަޢާކުރުމުގެ އިޙްތިޔާރު މިކޯޓަށް ލިބިގެންވެއެވެ.

14 ޑިސެންބަރު 2022
ހޯދާ