ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުންތިބި މަގާމުތަކަށް ދިވެހިންނަށް ފުރުސަތު ހުޅުވާލުން

އިޢުލާނު

މަޤާމު:

 

މަޤާމު

ސްޕެޝަލައިޒޭޝަން

ބޭނުންވާ އަދަދު

މަޤާމު ނަންބަރު

ޓީޗަރ

ފިޒިކްސް

01

J-263898

ޓީޗަރ

ކޮމްޕިއުޓަރ ސްޓަޑީޒް

01

J-263899

ޓީޗަރ

މެތަމެޓިކްސް

01

J-263904

ޓީޗަރ

ކެމިސްޓްރީ

01

J-263906

ޓީޗަރ

ބައޮލޮޖީ

01

J-263908

ޓީޗަރ

އިންގްލިޝް

01

J-263913

ޓީޗަރ

ކްރިއޭޓިވް އާރޓް

01

J-299383

ޓީޗަރ

ހޮސްޕިޓަލިޓީ

01

J-299502

ޓީޗަރ

އިކޮނޮމިކްސް

01

J-299536

ޓީޗަރ

އިންގްލިޝް

01

J-302441

 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޓީޗަރ، ރޭންކް 1 އިން ޓީޗަރ، ރޭންކް 3 އަށް

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5 އިން ޕަބްލިކް ސަރވިސް ރޭންކް 8 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. އަތޮޅު މަދަރުސާ، ކ. ކާށިދޫ

 

މުސާރަ:

 

 

ޓީޗަރ ރޭންކު

އަސާސީ މުސާރަ (މަހަކު)

ރޭންކު 1

-/9214 ރުފިޔާ

ރޭންކު 2

-/11564 ރުފިޔާ

ރޭންކު 3

-/12409 ރުފިޔާ

 

ޖޮބް އެލަވަންސް:

ޓީޗަރ ރޭންކު

މަޤާމުގެ ޖޮބް އެލަވަންސް (މަހަކު)

ރޭންކު 1

-/2764 ރުފިޔާ

ރޭންކު 2

-/5397 ރުފިޔާ

ރޭންކު 3

-/5791 ރުފިޔާ

 

އެޓަންޑެންސް އެލަވަންސް:

ޓީޗަރ ރޭންކު

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ރޭންކު 1

-/75 ރުފިޔާ

ރޭންކު 2

-/146 ރުފިޔާ

ރޭންކު 3

-/157 ރުފިޔާ

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުން ހަވާލުކުރާމާއްދާގެ ސިލަބަސްބަލާ، ސިލަބަހުގައިވާ މިންވަރު ހާސިލުކުރާނެ ސްކީމެއް ޝެޑިއުލް ކުރެވިފައިވާ މުއްދަތުގައި  ނިންމާ ސުޕަވައިޒަރާއި ހަވާލުކުރުން.
  2. ޓެސްޓްތަކުގެނަތީޖާ ރިކޯޑްބަލަހައްޓައި، ދިރާސާކޮށް އަޅަންޖެހޭއިސްލާޙީ ފިޔަވަޅުތައްއެޅުން. އަދިމިކަންކަމުގެމަޢުލޫމާތު  ސުޕަވައިޒަރަށް ދިނުން.
  3. ނަތީޖާއަށްބަލާ، ރިމީޑިއަލް ޕްރާގްރާމާއި އެންރިޗްމަންޓް ޕްރޮގްރާމްތައް، ސުޕަވައިޒަރުގެ މަޝްވަރާއާއެކު ހިންގުން.
  4. ކޮންމެ ހަފްތާއަކަށް ހެދިފައިވާ ސްކީމް ކަވަރުކުރުމަށްޓަކައި ކުރިއަށް އޮންނަ ހަފްތާގެ ލެސަން ޕްލޭން ތައްޔާރުކޮށް، ފިލާވަޅުގައި ބޭނުންކުރާނެ ޓީޗިން އެއިޑާއިއެކު ހިނގާ ހަފްތާގެ ބުރާސްފަތިދުވަހުގެ ރަސްމީ ސެޝަން ނިމުމުގެ ކުރިން ސުޕަވައިޒަރަށް ހުށައެޅުން.
  5. ކިޔަވައިދެވޭ ކޮންމެ ފިލާވަޅަކާއި ގުޅޭ ގޮތުންވެސް ދަރިވަރުން ކުރާ މަސައްކަތް ޖެހިގެން އޮންނަ ފިލާވަޅު ނެގުމުގެ ކުރިން ބަލާ، ދަރިވަރުންނަށް ދޭންވާ ފީޑްބެކް ދިނުން.މަސައްކަތްތައް ނުނިންމާ ދަރިވަރުން ސެޝަން ނިމުމުން މަޑުކުރުވާ މަސައްކަތްތައް ނިންމުވުން. އަދި މިކަމުގެ މަޢުލޫމާތު ކްލާސް ޓީޗަރުން މެދުވެރިކޮށް ކޮންމެ ހަފްތާއެއްގެވެސް ކަނޑައެޅިފައި އޮންނަ ދުވަހު ބެލެނިވެރިންނަށް ދިނުން.
  6. ކޮންމެ ހަފްތާއެއްގައިވެސް ބޭއްވޭ ކޯޑިނޭޝަން މީޓިންތަކަށް ޤަވާއިދުން ޙާޟިރުވެ މަޝްވަރާކުރެވޭ ގޮތަށް އަމަލުކުރުން.
  7. ސްކޫލުން ހަވާލުކުރާ މާއްދާ، ހެދިފައިވާ ޓައިމް ޓޭބަލްގައިވާގަޑީގައި ކުލާހަށް ހާޒިރުވެ ފަރުވާތެރިކަމާއެކު ކިޔަވައިދީ، ރިކޯޑް   ލިޔުން. ކްލާސް ރެކޯޑް ފުރިހަމަކުރުމުގައި ސުޕަވައިޒަރު ދޭ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަކުރުން.
  8. ކިޔަވައި ދެވޭ މާއްދާއިން ކޮންމެ ޓާމެއްގައިވެސް ކަނޑައެޅިފައިވާ މިންވަރަށް، ކަނޑައެޅިފައިވާ ގޮތުގެމަތިން ޔުނިޓް ޓެސްޓްތަކާއި ޑައިގްނޯސްޓިކް ޓެސްޓްތަކާއި އެސެސްމަންޓް ހައްދާ ހާސިލުވާ މިންވަރު ދެނެގަނެ އަދި ޓާމް ނިމޭއިރު ސިލަބަހާ އެއްފެންވަރުގެ ޓެސްޓެއް ހައްދާ ހާސިލުވާމިންވަރު ދެނެގަތުން.
  9. ޓެސްޓް ކުރިއަށްދާ ދުވަސްވަރު އިންވިޖިލޭޓަރެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ އިންވިޖިލޭޝަން ޓޭބަލާއި އެއްގޮތަށް އިމްތިޙާނު ހޯލު ބެލެހެއްޓުން. އިމްތިޙާނުގެ ކަންތައްތައް ބެލެހެއްޓުމުގައި ސްކޫލުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކަށް ޢަމަލުކުރުން
  10. ޓެސްޓުނަގާ ނިމުމުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕޭޕަރުތައް މާކްކޮށް ނަތީޖާތައް މަސްއޫލު ފަރާތްތަކާ ޙަވާލުކުރުން.
  11. ރިމީޑިއަލް، އެންރިޗްމަންޓް އަދި އެކްސްޓްރާ ކްލާސްތަކަށް ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވެ ފަރުވާތެރިކަމާއެކު ކްލާސްތައް ނަގައިދިނުން.
  12. މުދައްރިސަކު ހާޒިރުނުވާތީ ހުސްވާގަޑިތަކުން ހަވާލުކުރެވޭ ރިލީފް ގަޑިތައް ނަގައިދިނުން.
  13. ހަފްތާގެ ސްކީމް ކަވަރުކުރެވޭތޯ ބަލާ، ކަވަރުނުކުރެވޭނަމަ ސުޕަވައިޒަރުގެ ލަފާގެމަތިން އިތުރުގަޑިތަކެއް ނަގައިދިނުން.
  14. ކިޔަވައިދޭ ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު، ފުރުސަތުދިނުމާއި ދަރިވަރުންނަށް ނަމޫނާއަކަށްވުން.
  15. ކިޔަވައިދޭ ގަޑީގައިއާއި ކުލާހުން ބޭރުގައި ދަރިވަރުންގެ ފަރާތުން ދިމާވާ ތަފާތު މައްސަލަތަކުގައި، ޑިސިޕްލިން ގައިޑްލައިން (އަޚްލާޤީ ކަންތައްތަކުގައި އަމަލުކުރާ މިންގަނޑު) ގައި ބަޔާން ކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅަމުން ގެންދިއުން.
  16. ސްކޫލްގެ ދަރިވަރުންނަށާއި ސްކޫލްގެ ކުރިއެރުމަށް ރާވާ ހިންގޭ އިތުރު ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެކަމެއް ކާމިޔާބު ކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ އެހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވާ ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  17. ސްކޫލްގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާކަމެއް އެމުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ އެކަމެއް ކުރަންރޭވިފާއިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.
  18. ސްކޫލްގައި ފާހަގަކުރާދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭކަމެއްކަނޑައެޅިފައިވާގަޑިއަށް ފަރުވާތެރިކަމާއެކުކޮށްނިންމުން. އަދި މިފަދަ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ބައްދަލުވުން ތަކާއި ހަރަކާތްތަކާއި ޙަފްލާތަކަށް ސްކޫލުން އަންގާ ގޮތެއްގެމަތިން ހާޒިރުވުން.
  19. ސްޓާފް މީޓިން، ކޯޑިނޭޝަން މީޓިން އަދި ޕޭރަންޓް ޓީޗަރ މީޓިން ފަދަ މީޓިންތަކުގެ އިތުރުން ޓީޗަރުން ބައިވެރިކޮށްގެން ސްކޫލްގެ ފަރާތުން ބޭއްވޭ އެހެނިހެން ބައްދަލުވުންތަކާއި ވާރކްޝޮޕް، ސެމިނަރފަދަ ކަންކަމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.
  20. އިތުރު ހަރަކާތްތައް ރާވާ ހިންގުމުގައްޔާއި އިތުރު ހަރަކާތްތަކުގައި އެހީތެރިވުމުގައި، އެހަރަކާތަކަށް ވަކި ގައިޑްލައިންތަކެއް ހެދިފައިވާ ނުވަތަ ވަކި ޤަވާއިދުތަކެއް ހެދިފައިވާ ހަރަކާތެއްނަމަ، އެ ގައިޑްލައިން ނުވަތަ އެ ޤަވާޢިދަކާއި އެއްގޮތަށް ޢަމަލުކުރުން.
  21. ސްކޫލާއި ސްކޫލުން ބޭރުގައިވެސް ދަރިވަރަކު އުޅޭގޮތަކުން ދަރިވަރަކު ރަނގަޅުކުރުމަށް ނަސޭހަތް ދޭންޖެހިއްޖެ ހާލަތެއްގައި އެދަރިވަރަށް ނަސޭހަތްތެރިވުން. އަދި ދިވެހިންގެ ތެރޭގައި އޮންނަ ރިވެތި އާދަކާދަތަކާއި އިސްލާމް ދީނުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރުން.
  22. ސްކޫލްގެ ދަރިވަރުންނަށް ހެދިފައިވާ ޤަވާޢިދުތަކާއި ޚިލާފަށް އުޅޭ ދަރިވަރުން އިސްލާހު ކުރުމަށް މަސައްކަތްކުރުން. (ނަސޭހަތް ދިނުން، އިންޒާރުކުރުން، ބެލެނިވެރިންގެ ސަމާލުކަމަށް ގެނައުން، ސުޕަވައިޒަރުގެ ސަމާލުކަމަށް ގެންދިއުން.) މިފަދަ ކަންކަމާއި ގުޅޭގޮތުން ހެދިފައިވާ ޤަވާއިދުތަކާއި ސްކޫލުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުން.
  23. ސްކޫލްގެ ކޮންމެ ހަރަކާތަކަށްވެސް އެކަށީގެންވާރަނގަޅު ހެދުމެއްގައި ހާޒިރުވެ ދަރިވަރުންނަކީވެސް އެފަދަބަޔަކަށް ހެދުމަށް މަސައްކަތްކުރުން.
  24. ދަރިވަރަކަށްލިބޭ ރަނގަޅު ކާމިޔާބުތައް ފާހަގަކޮށް އަދި ރަނގަޅުކުރަންޖެހޭ ކަމެއްވާނަމަ އެކަންވެސް ފާހަގަކޮށް ދަރިވަރަށް އަންގައިދީ އަދި ބެލެނިވެރިންނަށް އެމައުލޫމާތު ފޯރުކޮށްދިނުން.
  25. ސްކޫލްގެ އެކިއެކި ކަންކަމަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިންތަކާއި ސުޕަވިޝަން ގައިޑްލައިންގައި ކަނޑައެޅިފައިވާ ކަންތައްތައް ތަންފީޒުކުރުމުގައި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި، އެކަންތައްތައް ތަންފީޒުކުރުމުގައި ސުޕަވައިޒަރުން،  އަދި ސްކޫލްގެ އެހެނިހެން ވެރިންނަށް އެއްބާރުލުން ދިނުން.
  26. ކިޔަވައިދިނުމުގެ އިތުރުން ސްކޫލްގައި އުފެދިފައިވާ އެކިއެކި އެސޯސިއޭޝަންތަކާއި، ކްލަބް ތަކާއި ޔުނިފޯމް ހަރަކާތްފަދަ ހަރަކާތެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ ނުވަތަ އެފަދަ ހަރަކާތެއް ހިންގުމުގައި އެހީތެރިވުމަށް ސްކޫލްގެ ފަރާތުން ހަމަޖައްސައިފިނަމަ، ޒިންމާދާރުކަމާއެކު ކަނޑައެޅިފައިވާ އުސޫލުގެ މަތިން އެކަމެއް ކުރުން.
  27. ވަޒީފާގެ މަސްޢޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން ވެރިޔަކު ރަސްމީ ކަމެއް ޙަވާލުކުރުމަށް ޖެހިއްޖެ ހިނދެއްގައި ޙަވާލުކުރައްވާ މަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

ޓީޗަރ، ރޭންކު 1

ޕަބްލިކް ސަރވިސް ރޭންކް 5

-ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

ޓީޗަރ، ރޭންކް 2

ޕަބްލިކް ސަރވިސް ރޭންކް 7

-ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޟިލްކޮށްފައިވުން ނުވަތަ؛

 

-ކިޔަވާދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޟިލުކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޟިލްކޮށްފައިވުން

 

ޓީޗަރ، ރޭންކް 3

ޕަބްލިކް ސަރވިސް ރޭންކް 8

 

-ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޟިލުކޮށްފައިވުމާއެކު، ތަޢުލީމީ/ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރައްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޟިލްކޮށްފައިވުމާއެކު ޓީޗަރ، ރޭންކް 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

 

ނުވަތަ؛

 

-ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު   ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޟިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރައްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޟިލްކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޟިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކް 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

 

ނުވަތަ؛

 

-ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު  ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޟިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރައްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޟިލްކޮށްފައިވުމާއެކު، ޓީޗަރ، ރޭންކް 2 ގެ މަޤާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން

 

ނުވަތަ؛

 

-ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޟިލުކޮށްފައިވުމާއި، ތަޢުލީމީ/ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާޟިލްކޮށްފައިވުން

 

ނުވަތަ؛

 

-ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާޟިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރައްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޟިލްކޮށްފައިވުމާއި، ތަޢުލީމީ/ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ކިޔަވައިދިނުމުގެ ދާއިރާ:

ޓީޗިންގ (ޕްރައިމަރީ ،ސެކަންޑްރީ – ކިޔަވައިދޭ މާއްދާއިން ސްޕެޝަލައިޒްވެފައިވާ)

ނޯޓް: ޓީޗަރެއްގެ ޒިންމާ އަދާކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީގެ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން ޓީޗިންގ ދާއިރާގެ ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަ ކުރައްވާފައިވާނަމަ، އެ ސެޓްފިކެޓް ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުން ކުރެވޭނެއެވެ.

ތަޢުލީމީ ދާއިރާ

ފިޒިކްސް

އެޑިއުކޭޝަން،ފިޒިކްސް،ޓީޗިންގ

ކޮމްޕިއުޓަރ ސްޓަޑީޒް

ކޮމްޕިއުޓަރ ސްޓަޑީޒް،އެޑިއުކޭޝަން،ޓީޗިންގ

މެތަމެޓިކްސް

އެޑިއުކޭޝަން،މެތަމެޓިކްސް،ޓީޗިންގ

ކެމިސްޓްރީ

ކެމިސްޓްރީ،އެޑިއުކޭޝަން،ޓީޗިންގ

ބައޮލޮޖީ

ބަޔޮލޮޖީ،އެޑިއުކޭޝަން،ޓީޗިންގ

އިންގްލިޝް

އެޑިއުކޭޝަން،އިންގްލިޝް،ޓީޗިންގ

ކްރިއޭޓިވް އާރޓް

އާޓް،އެޑިއުކޭޝަން،ޓީޗިންގ

ހޮސްޕިޓަލިޓީ

އެޑިއުކޭޝަން،ހޮސްޕިޓަލިޓީ،ޓީޗިންގ

އިކޮނޮމިކްސް

އިކޮނޮމިކްސް،އެޑިއުކޭޝަން،ޓީޗިންގ

އިންގްލިޝް

އެޑިއުކޭޝަން،އިންގްލިޝް،ޓީޗިންގ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 ގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުން

ޓީޗަރ، ރޭންކު 1 ގެ ޝަރުތު ފުރިހަމަވުން

20

ޓީޗަރ، ރޭންކު 2 ގެ ޝަރުތު ފުރިހަމަވުން

30

ޓީޗަރ، ރޭންކު 3 ގެ ޝަރުތު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުތަށްވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަވިއު

25

ޕްރެކްޓިކަލް

35

މި މަގާމަށް އައްޔަން ކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

 

 އިންޓަވިއު އަދި ޕްރެކްޓިކަލްއަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން؛   އަދި 

 މަގާމަށް ކަނޑައަޅަފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 50 (ފަންސާސް) ޕޮއިންޓް ލިބުން.

 

މިވަގުތު ޓީޗަރުންގެ ޖޮބްމެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުމުގައި ދެވޭ އިސްތިސްނާ

ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް (އެވަގުތު ހުރި ސްޕެޝަލައިޒޭޝަންއިން) ސިވިލް ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ މަޤާމަށް ބަދަލުކުރާނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ، ވަޒީފާ ހަމަޖައްސާނީ އެވަގުތު ވަޒީފާގައި ހުރި ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޑިސެމްބަރ 2022 ގެ 14:00 ގެ ކުރިން، ކ.އަތޮޅު މަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 25 2022 އާއި 29 ޑިސެމްބަރ 2022 އާ ދެމެދު، ކ.އަތޮޅު މަދަރުސާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

 

14 ޑިސެންބަރު 2022
ހޯދާ