މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫގައި ކޭބަލްޓީވީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ށ. ނަރުދޫގައި ކޭބަލްޓީވީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

  1. މިކައުންސިލުގެ ކޭބަލްޓީވީގެ ނެޓްވާރކް ބޭނުންކޮށްގެން މިރަށުގައި ކޭބަލްޓީވީގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ށ. ނަރުދޫގައި ކޭބަލްޓީވީގެ ޚިދުމަތްދިނުމުގެ ލައިސަންސް/ހުއްދަ އޮތް ފަރާތްތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2022 ޑިސެންބަރު 14 ވަނަ ދުވަހުން ފެށިގެން 2022 ޑިސެންބަރު 20 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާނުގައިވާ އީމެއިލް އެޑްރެހަށް، އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
  5. މި ބީލަމުގެ ޕްރީ ބިޑް މީޓިންގ އޮންނާނީ 2022 ޑިސެންބަރު 22 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 28 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ

ނަރުދޫ

ދިވެހިރާއްޖެ

ފޯން: 6540049

އީމެއިލް: [email protected]

 

19ޖުމާދަލްއޫލާ 1444

13 ޑިސެމްބަރ 2022

13 ޑިސެންބަރު 2022
ހޯދާ