އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަންކުރުމަށް ވަގުތީގޮތުން ބިންދޫކުރުން

މިބިންތައް ކައުޔަށް ހިއްޕެވުމަށް އެދިލައްވާ ފަރާތްތަކުން ބިން ކުއްޔަށް ހިއްޕެވުމަށް ހުށަހަޅުއްވާ އަގު ބަޔާންކޮށް ސިޓީ ހިއްޕަވައިގެން 19 ޑިސެންބަރު 2022 ވާ ހޯމަފަދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމް، ކުރަހާގެ އަށް ވަޑައިގެންދެއްވުންއެދި ދައުވަތު އަރުމަމެވެ. ބިން ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ސިޓީގައި ތިރީގައިވާ މައުލޫމާތު ހިމެނުއްވުމަށް ދަންނަވަމެވެ. މިކައުންސިލްގެ 04 ވަނަ ދައުރުގެ 74 ވަނަ އާންމުބައްދަލުވުމުގައި މިރަށު ސަހަރާގެ ހުޅަނގުން ދަނޑުވެރިކަންކުރުމަށް ވަގުތީގޮތުން 4 މަސްދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމަވާފައެވެ.

މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައްދައްކުވައިދޭ ޗާޓް އަދި ބިން ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލް މިއިއުލާނާއެކު އާންކުރެވިފައިއެވަނީއެވެ. (ގެޒެޓް އެޓޭޗްމަންޓް ބައިގައި އެޓޭޗްކުރެވިފައި)

އެއްފަރާތަކަށް އެއްބިމަށްވުރެ ގިނަ ބިމަށް ބިޑްހުށަހެޅިދާނެއެވެ. ނަމަވެސް އެއްބިމަށް އެއްފަރާތަކަށް ހުށަހެޅޭނީ 1 ބިޑެވެ.

ބިޑްހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑުގެ ކޮޕީއަކާއި އެކު ފޮނުވުމަށް ދަންނަވަމެވެ. އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުން އައިޑީ ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

  1. ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަން
  2. ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑު ނަންބަރު
  3. ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ޕްލޮޓް ނަންބަރު
  4. މީލާދީ މަހަކަށް ހުށަހަޅުއްވާ ކުލި

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

13 ޑިސެންބަރު 2022
ހޯދާ