ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ އައު ޢިމާރާތަށް ބޭނުންވާ މެޝިނަރީ އާއި އިލެކްޓްރޯނިކް ސާމާނު ހޯދަން ބޭނުންވެއްޖެ (2 ވަނަ ފަހަރަށް ކުރެވޭ އިޢުލާން)

 

ނައިފަރު ކައުންސިލްގެ އައު ޢިމާރާތަށް ބޭނުންވާ މެޝިނަރީ އާއި އިލެކްޓްރޯނިކް ސާމާނު ހޯދަން ބޭނުންވެގެން ކޮށްފައިވާ ނަންބަރ (IUL)327-A/327/2022/284 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ނައިފަރު ކައުންސިލް އިން ފޯރުކޮށްދޭ ބީލަމާއި ގުޅޭ ކަރުދާހުގައިވާ ސްޕެސިފިކޭޝަން އަށް މެޝިނަރީ އާއި އިލެކްޓްރޯނިކް ސާމާނު ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މި ސާމާނު ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަމުގައި ރަޖިސްޓްރީ ވުން

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

12 ޑިސެމްބަރ 2022 އިން 20 ޑިސެމްބަރ 2022 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން:

12 ޑިސެމްބަރ 2022 އިން 20 ޑިސެމްބަރ 2022 ގެ ނިޔަލަށް

ގުޅޭނެ ނަންބަރ:

6620126

އީމެއިލް އެޑްރެސް:

[email protected] , [email protected]

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7988627 އަށް ވައިބަރ އަށް ނުވަތަ [email protected] އީމެއިލް އަށް ފޮނުވަން ވާނެއެވެ.  

މިކައުންސިލްގެ ނަންބަރ (IUL)327-A/327/2022/284 އިޢުލާނާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިތުރު ރެޖިސްޓްރޭޝަންއަކާއި ނުލައި މި ބިޑްގައި ބައިވެރިވެވޭނެއެވެ.

 

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

 

ބީލަން ހުށަހެޅުން

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

21 ޑިސެމްބަރ 2022 ، ބުދަ (13:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ | އެމް.ޕީ.ބީ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި "ނައިފަރު ކައުންސިލްގެ އައު ޢިމާރާތަށް ބޭނުންވާ މެޝިނަރީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައިކޮށްދިނުމުގެ ބީލަން" ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

 

12 ޑިސެންބަރު 2022
ހޯދާ