ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ލެޕްޓޮޕް ވިއްކާނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ޕީޓީއޭ އަށް 3 ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، ޕީޓީއޭ އަށް މިބޭނުންވާ ލެޕްޓޮޕް ވިއްކަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑިއަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

26 މުޙައްރަމް 1436

19 ނޮވެންބަރު 2014
ހޯދާ