ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

       2023 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް ދިވެހިރާއްޖޭގެ ވިޔަފާރިއާއިބެހޭ އިދާރާގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ވިޔަފާރި ރަޖިސްޓްރީނެތް އަމިއްލަ ފަރާތްތަކުން 2022 ޑިސެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ  11:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2022 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް އޮންނަންވާނެއެވެ.

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520534 އާއި ގުޅުއްވުން އެދެމެވެ.

 

ނޯޓް: ވިޔަފާރި ރަޖިސްޓްރީނެތް ފަރާތަކުން މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުމަށްފަހު، ބިޑް އެފަރާތަކަށް އެވޯޑް ކުރެވިއްޖެނަމަ 1 މަސްދުވަހުގެ ތެރޭގައި ވިޔަފާރިއާއި ބެހޭ ޤާނޫނުގައިވާގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށް ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ސްކޫލަށް ހުށަހަޅަންވާނެއެވެ.

 

18 ޖުމާދަލް އޫލާ 1444

12 ޑިސެންބަރު 2022

 

 

                                                                     އިސްމާޢިލް ރަޝީދު

                                                                       ޕްރިންސިޕަލް 

12 ޑިސެންބަރު 2022
ހޯދާ