އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމަރ ރިލޭޝަންސް އޮފިސަރ

މަޤާމު:

އެސިސްޓެންޓް ކަސްޓަމަރ ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

1

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް (މަދުވެގެން ހަފްތާއަކު 48 ގަޑި) ޝިފްޓް ޑިއުޓީ

އަސާސީ މުސާރަ:

ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން އިނގިރޭސި މާއްދާއާއެކު ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  • އެސް.އެސް.ސީ އިމްތިޙާނުން ދިވެހި އިސްލާމުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.  

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިން ފަރިތަކަމާއެކު ރަނގަޅުފެންވަރެއްގައި މުޢާމަލާތު ކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް)
  • މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ކަސްޓަމަރ ސަރވިސް ދާއިރާއާ ގުޅޭ ކޯހެއް ހަދާފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށްވުން
  • އެކުގައި މަސައްކަތްކުރާ އަދި ކުންފުނީގެ އެހެން މުވައްޒަފުންނާއި އަދި ވަޒީފާގައި ދިމާވާ މީސްމީހުންނާއި ދެމެހެއްޓެނިވިގޮތުގައި ރަނގަޅު ގުޅުމެއް ބޭއްވޭފަދަ ޤާބިލު މީހެއްކަމުގައިވުން
  • ރީތިބަހުން މީހުންނާއި މުޢާމަލާތުކުރެވޭފަދަ އަޚުލާޤު ރަނގަޅު މީހެއްކަމުގައިވުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެފަދަ ޞިއްޙަތެއްގައި ހުރުން.

ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް:

ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންފޮމޭޝަންގައާއި އެގްޒެކްޓިވް ޓާމިނަލްގައި އެއަރޕޯޓުން ފުރާ އަދި އަންނަ ފަސިންޖަރުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް

- ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ސުންގަޑި:

07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 16:00ގެ ކުރިން

އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ފޯމާއެކު ލިޔުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ.

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898010

އީމެއިލް:[email protected]             

24 ނޮވެންބަރު 2014
ހޯދާ