އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް/މެސެންޖަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް/މެސެންޖަރ

ބޭނުންވާ އަދަދު:

1

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް (މާލެ އޮފީސް)

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް (ހަފުތާއަކު 48 ގަޑި)

އަސާސީ މުސާރަ:

ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން އިނގިރޭސި މާއްދާއާއެކު 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ސެކްޝަނުން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • އޮފީހަށް ލިބޭ ސިޓީތައް ބަލައިގަތުމާއި، އެ ތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓަރީކުރުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • އޮފީހުގެ އެންމެހާ އިދާރީ މަސައްކަތްތަކާއި އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިން ފަރިތަކަމާއެކު ރަނގަޅުފެންވަރެއްގައި މުޢާމަލާތު ކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް)
  • މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށްވުން
  • އެކުގައި މަސައްކަތްކުރާ އަދި ކުންފުނީގެ އެހެން މުވައްޒަފުންނާއި އަދި ވަޒީފާގައި ދިމާވާ މީސްމީހުންނާއި ދެމެހެއްޓެނިވިގޮތުގައި ރަނގަޅު ގުޅުމެއް ބޭއްވޭފަދަ ޤާބިލު މީހެއްކަމުގައިވުން
  • ރީތިބަހުން މީހުންނާއި މުޢާމަލާތުކުރެވޭފަދަ އަޚުލާޤު ރަނގަޅު މީހެއްކަމުގައިވުން

ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މާލެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް ހުރިހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން

ހުށަހަޅަންޖެހޭ ލިއުންތައް

- ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ސުންގަޑި:

07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 16:00ގެ ކުރިން

އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިޔުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ.

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898010

އީމެއިލް:[email protected]

24 ނޮވެންބަރު 2014
ހޯދާ