އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަބިން އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށްދައްކަންޖެހޭ އަގު ކަނޑައެޅުން.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ގަވާއިދު ނަންބަރު: 2022/R-181 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، 30 ނޮވެމްބަރު 2022 އިން ފެށިގެން، އދ. ހަންޏާމީދޫއިން ބިން އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ އަގަކީ އަކަފޫޓަކަށް -/15 (ފަނަރަ) ރުފިޔާއެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

08 ޑިސެންބަރު 2022
ހޯދާ