ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރު ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން ނަންނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލުން.

       
     
   
 

 

 

 

 

އިޢުލާން

 

 

2023 ވަނަ އަހަރު ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން ނަންނޯޓްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

2023 ވަނަ އަހަރު ފ.ފީއަލި އިޖްތިމާއީ ސަރަހައްދު 01 އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލުން ކަނޑައަޅާ ބަޖެޓް އަދި ކަނޑައަޅާ އުޞޫލެއްގެ މަތީން ސާފުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

1-  ނަންނޯޓްކުރުމަށް ޙާޟީރުވާންވާނީ ވެރިފަރާތް ނުވަތަ ބަދަލުގައި ވެރިފަރާތުން ކަނޑައަޅާ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ  ހިފައިގެންނެވެ. އަދި ބަދަލުގައި އަންނަ ފަރާތް ޙާޟިރުވާއިރު ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ.

2-  މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ނަންނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 60 މީހުންނަށް ފުރުޞަތު ދީގެންނެވެ.

3-  ނަންނޯޓްކޮށްފައިނުވާ ފަރާތްތަކާއި، ނަންނޯޓްކުރިނަމަވެސް ގުރުއަތުލުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ ނަން ލިސްޓުން އުނިކުރެވޭނެއެވެ. އަދި ގުރުއަތު ނެގުމުގެ ބައްދަލުވުމަށް ވެރިފަރާތް ނުވަތަ ވެރިފަރާތުން ބަދަލުގައި ކަނޑައަޅާ ފަރާތުން ޙާޟިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ ނުގެންނަމަ ގުރުއަތު ނެގުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

4-  މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދެވިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

5- ނަންނޯޓް ކުރެވޭނީ11 ޑިސެންބަރު 2022 އިން 2022 ޑިސެންބަރު 22 ދުވަހުގެ 12:00 ށް ކޮންމެ ދުވަހެއްގެވެސް ހެދުނު 9:00 ން 12:00 ށް.

6- މިމަސައްކަތްކުރާނެ ފަރާތްތަށް ހޮވުމަށް ބާއްވާ ގުރުއަތުނެގުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ޑިސެންބަރު 25 ވަނަ ދުވަހުގެ 13:00 ގައި ނިލަންދެ އަތޮޅު އުތުރުބުރީ ފިއަލީ ކައުންސިލް އިދަރާގައެވެ. ގަޑި ޖެހުމަށްފަހު ޙާޟިރުވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިބައްދަލުވުމަށް ވެރިފަރާތް ނުވަތަ ބަދަލުގައި ޙާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި އަންނަ ފަރާތުން ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ.

 

މިމަސައްކަތާ ގުޅިގެން އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދަހާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740012 ނުވަތަ މިއިދާރާގެ އީމެއިލް: [email protected]މެއިލްކޮށްގެން ނުވަތަ 9959786 މޯބައިލްއާއި ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

13 ޖުމާދަލްއޫލާ 1444 ހ.

07 ޑިސެންބަރު 2022 މ.

 

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

 

 

 

 

07 ޑިސެންބަރު 2022
ހޯދާ