އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ކުނބުރުދޫ ކައުންސިލް އިދާރާއަށް ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެ

އދ. ކުނބުރުދޫ ކައުންސިލް އިދާރާއަށް ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެ

            މި އިދާރާގެ ނަންބަރު:  (IUL)349-A/2022/23 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް، މި އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ބިޑްހުށަހެޅުމަށް ރަޖިސްޓްރީވުން

* ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 12 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިއިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ އީމެއިލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ/ ނަންނޯޓު ކުރަންވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

* ބިޑް ހުޅުވުން އޮންނާނީ 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި، ކުނބުރުދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

* ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ. 

07 ޑިސެންބަރު 2022
ހޯދާ