ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިސްކޫލުގެ ސެކިޔުރިޓީ ބަލަހަށްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

              01 ޖަނަވަރީ 2023 އިން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ވިޔަފާރި އުސޫލުން މިސްކޫލްގެ ސެކިޔުރިޓީ ބަލަހަށްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

               މި މަސައްކަތަށް ބީލަން ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި, އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު މިސްކޫލަށް ހުށައެޅުމަށް ދަންނަވަމެވެ. 

މައުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

13 ޑިސެމްބަރު 2022 ވާ (އަންގާރަ) ދުވަހުގެ މެންދުރުފަހު 13:00 އަށް

18 ޑިސެމްބަރު 2022 ވާ (އާދީއްތަ) ދުވަހުގެ މެންދުރުފަހު  13:00އަށް

               އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެނައުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޞިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން މެންދުރުފަހު 13:00 އަށް 6580362 ނަންބަރު ފޯނާއެވެ.      

       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

07 ޑިސެންބަރު 2022
ހޯދާ